Support Us

ޓެންޓްތަކެއްގައި ދިރިއުޅޭ ފަލަސްތީން މީހުން ބޯ ވާރެއާއި ގަދަ ވައިން ސަލާމަތްވާން މަސައްކަތްކުރަނީ

ހަރީފު މޫސުމުގެ ތޫފާނެއްގައި ޣައްޒާގައި 8 މަރު

ހަރީފު މޫސުމުގެ ތޫފާނެއްގައި މިއަދު ޣައްޒާގައި މަދުވެގެން އަށް މީހުން މަރުވެއްޖެއެވެ.

ގެދޮރު ނެތް މީހުންގެ ޓެންޓްތަކާއި އަދި ހަނގުރާމައިން ހަލާކުވެފައިވާ އިމާރާތްތައް ގަދަ ވައިގެ ސަބަބުން ވަނީ ވެއްޓިފައެވެ. ހިޔާތައް ވެއްޓުމުގެ ސަބަބުން ބޯ ވާރެއާއި ގަދަ ފިންޏަށް އެތައް ހާސް ބަޔަކު ވަނީ ހުށަހެޅިފައެވެ.

"ވޭތުވެދިޔަ ދުވަސްތަކުގައި ފިނީގެ ސަބަބުން ކުޑަކުދިން ވެސް ވަނީ މަރުވެފައި،" އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމާއަތް ކަމަށްވާ ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑާ ބުންޏެވެ.

ޣައްޒާގެ އިސް މަގާމުތަކުގައި އުޅޭ އޮފިޝަލުން ބުނީ ގިނަ ހިޔާތަކަކީ މިހާރު އުޅެން ކަމުދާ ތަންތަނެއް ނޫން ކަމަށެވެ.

"އިތުރަށް ގޯސްވަމުންދާ މޫސުމީ ހާލަތްތަކަށާއި ސިއްހީ ނުރައްކާތަކަށް މީހުން ހުށަހެޅުނަ ނުދިނުމަށް ބައިނަލްއަގުވާމީ އެހީއަށް އެދެން،" އޮފިޝަލަކު ބުންޏެވެ.

މި ދިޔަ އޮކްޓޫބަރު 10 ގައި، މިހާރު 70،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ، ދެ އަހަރުވީ ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް، ޣައްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތާއެކު އެއްބަސްވުމެއް ގާއިމުކުރިޔަސް އިސްރާއީލުން އަދިވެސް ދަނީ ކޮންމެހެން ބޭނުންވާ އިންސާނީ އެހީ ވެސް ޣައްޒާއަށް ވެއްދުމަށް ހުރަސްއަޅަމުންނެވެ.

ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާއަށް އެހީ ދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ނުކުޅެދިފައިވުމަކީ "ހިތާމަހުރި ކަމެއް" ކަމަށެވެ.

"މަރުވަމުންދާ މީހުންގެ އަދަދުންނާއި ފެތުރެމުންދާ ބަލިތަކުން ދައްކައިދެނީ ޣައްޒާގެ ރަށްވެހިން ތަހައްމަލު ކުރަމުންދަނީ އެންމެ ނުބައި ޒާތުގެ ނަސްލު ނައްތައިލުމެއްކަން،" ހަމާސްއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *