Support Us

ނުތަނަވަސްކަމެއްގެ ތެރޭގައި އޮތް ނަމަވެސް ވެނެޒުއެލާއިން އެމެރިކާއަށް އެއްބާރުލުން ދެނީ

އެމެރިކާއިން ވެނެޒުއެލާއަށް ހޮނިހިރު ދުވަހު އަރައި ރައީސް ނިކޮލާސް މަދުރޯ އާއި އަނބިކަނބަލުން ސިލިއާ ފްލޮރެސް ހައްޔަރުކޮށްގެން އެމެރިކާއަށް ގެންދިއުމުން އުފެދުނު ނުތަނަވަސްކަމެއްގެ ތެރޭގައި ނަމަވެސް ވެނެޒުއެލާއިން އެމެރިކާއަށް އެއްބާރުލުން ދޭން ފަށައިފިއެވެ.

ވެނެޒުއެލާގެ ކުރީގެ ނައިބު ރައީސް އަދި މިހާރު ވަގުތީ ރައީސްކަމާ ހަވާލުވެ ވަޑައިގަންފައިވާ ދެލްސީ ރޮދްރީގަޒް (ފޮޓޯ) ވިދާޅުވީ މަދުރޯ އަތުލައިގަތުމަކީ "ނާތަހުޒީބު" ކަމެއް ކަމަށްވިޔަސް މި ވަގުތުގެ ހަގީގަތްތަކާ ބަލައިފައި އެމެރިކާއަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މި ކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ އިއުލާންކުރެއްވީ ވެނެޒުއެލާގެ "ތެޔޮ ކަރަންޓީނު" ކުރައްވައިފި ކަމަށެވެ. ވޭތުވެދިޔަ ދަހަރެއްހާ ދުވަހު އެމެރިކާއިން ވަނީ ވެނެޒުއެލާއިން ތެޔޮ ވިއްކުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

"ސާފު ނުކުރާ ތެލުގެ 30 އާއި 50 މިލިއަންއާ ދޭތެރޭގެ ފީފާގެ ތެޔޮ ވެނެޒުއެލާއިން އެމެރިކާއަށް ދޭނެ. އެ ތެޔޮ އެމެރިކާއަށް ގެނެސް މާކެޓްގެ އަގުތަކުގައި ވިއްކައިގެން ލިބޭ ފައިސާ ހަރަދުކުރާނީ ވެނެޒުއެލާގެ ރައްޔިތުންގެ ތަރައްގީއަށް،" ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ ވިދާޅުވީ ވެނެޒުއެލާ އަލުން އާރާސްތުކުރެވެންދެން އެ ގައުމު ހިންގާނީ އެމެރިކާއިން ކަމަށެވެ.

ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މަރިއާ ކޮރިނާ މަޗާދޯ ވަނީ މަދުރޯ ހައްޔަރުކޮށްގެން އެމެރިކާއިން ގެންދިއުމުން އެ ކަމަށް މަރުހަބާ ކިޔައިފައެވެ.

އެމެރިކާގެ އެންމެ ބޮޑު އަދި އެންމެ މުހިންމު ސިޓީ ކަމަށްވާ ނިއު ޔޯކްގެ ކޯޓަކަށް ހާޒިރުކޮށް، މަސްތުވާތަކެތީގެ ވިޔަފާރި އާއި ޓެރަރިޒަމްގެ ދައުވާ މަދުރޯއާ ދެކޮޅަށް މިހާރު ވަނީ ކޮށްފައެވެ. މަދުރޯ ވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *