Support Us

ތައިލެންޑުން ދޫކޮށްލި ކެމްބޯޑިއާގެ 18 ސިފައިން ކެމްބޯޑިއާއަށް އިއްޔެ ވަންނަނީ

ތައިލެންޑުން ކެމްބޯޑިއާގެ 18 ސިފައިން ދޫކޮށްލައިފި

މި ދިޔަ އަހަރުގެ ޖުލައިގައި ފެށި ބޯޑަރު ހަނގުރާމައިގައި ތައިލެންޑުން އަތުލައިގަތް ކެމްބޯޑިއާގެ 18 ސިފައިން ދޫކޮށްލައިފިއެވެ.

ސުލްހައިގެ މުއާހަދާއެއް ގާއިމުކުރި ނަމަވެސް ފަހުން ހަމަލާ ބަދަލުކުރަން ފަށައި، އަނެއްކާ ހަނގުރާމައަކަށް ބަދަލުވިއެވެ. ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމެއްގައި އަލުން، މިދިޔަ ހޮނިހިރު ދުވަހު، ސޮއި ކުރުމަށްފަހު ނިންމައިފައި އޮތީ 72 ގަޑިއިރަށް ސުލްހަ ދެމިއޮތްނަމަ 18 ސިފައިން ދޫކޮށްލުމަށެވެ. އަދި އެ މުއްދަތުގައި ސުލްހަ ދެމިއޮތުމުން އެ ސިފައިން ދޫކޮށްލީ ކަމަށް ތައިލެންޑުން އިއްޔެ ބުންޏެވެ.

ސިފައިން ކެމްބޯޑިއާއާ ހަވާލުކުރީ ބޯޑަރުގައި ހުރި ޗެކްޕޮއިންޓެއްގައެވެ.

"މިއީ ރަހްމަތްތެރިކަން ރަމްޒުކޮށްދިނުމަށާއި އިތުބާރު އުފެއްދުމަށްކުރި ކަމެއް،" ތައިލެންޑްގެ ހާރިޖިއްޔާއިން ބުންޏެވެ.

ތައިލެންޑުން ދޫކޮށްލި ކެމްބޯޑިއާގެ 18 ސިފައިން ކެމްބޯޑިއާއަށް ގެންދިޔަ ބަހުގެ ވަށައިގެން ރައްޔިތުން އެއްވެފައި

ސިފައިންނަށް މަރުހަބާ ކިޔުމަށް އެ މީހުންގެ އާއިލާތައް ބޯޑަރު ކައިރީގައި ތިއްބެވެ.

"ބަތަލުންތަކެއް ފަދަ 18 ސިފައިން ސަލާމަތާއެކު ކެމްބޯޑިއާގެ ބިމަށް އައިސްފި،" ކެމްބޯޑިއާގެ އިންފޮމޭޝަން މިނިސްޓަރު ނެތު ފެއަކްޓްރާ ވިދާޅުވިއެވެ.

ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރުގައި ހިނގި ހަނގުރާމައިގައި 100 އަށްވުރެ ގިނަ މީހުން މަރުވެ، އެއް މިލިއަނަށްވުރެ ގިނަ މީހުން، ބޯޑަރު ކައިރީގައި ހުރި އެ މީހުންގެ ގެދޮރު ދޫކޮށްފައި ދާންޖެހުނެވެ.

އިސްތިއުމާރީ ބާރުތަކުން ބޯޑަރު ކަނޑައެޅިއިރު ސާފު ނުވާ ގޮތަށް ހުރި ސަރަހައްދުތަކާއި ފައްޅިތަކުގެ މިލްކުވެރިކަން އޮޅުންބޮޅުން އަރައިގެން ފެށި ހަނގުރާމަ ހުއްޓައިލުމުގެ އާ އެއްބަސްވުމުގައި މި ދިޔަ ހޮނިހިރު ދުވަހު ސޮއި ކުރެއްވީ ތައިލެންޑްގެ ދިފާއީ ވަޒީރު ނައްޓަފޮން ނަރްކްފަނިޓް އާއި ކެމްބޯޑިއާގެ ދިފާއީ ވަޒީރު ޓެއާ ސައިހާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *