އައިސިސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ 125 މީހުން ތުރްކިޔެގެ 25 ޕްރޮވިންސުން ހައްޔަރުކޮށްފިއެވެ.
އިއްޔެ އެ ގައުމުގައި ހިންގީ ހައްދުފަހަނަޅާފައިވާ ވިއުގަތަކާ ދެކޮޅަށް ފުޅާކުރަމުންދާ ސަލާމަތީ އޮޕަރޭޝަނެކެވެ.
ތުރްކިޔެއިން މި އޮޕަރޭޝަން ފެށީ އިއްޔެ ނޫން އެހަށް ދުވަހު ހިނގި ކުރިމަތިލުންތަކެއްގައި ފުލުހުންގެ ތިން އޮފިސަރުންނާއި އައިސިސްގެ ހަނގުރާމަވެރިން ކަމަށް ޝައްކު ކުރެވޭ ހަ މީހުން މަރުވުމާ ގުޅިގެންނެވެ.
"އަހަރެމެންގެ ގައުމުގެ އުހުއްވަތްތެރިކަމާއި އެއްބައެއްވަންތަކަމާއި އެއްބައިވަންތަކަމަށް ހަމަލާ ދޭ މީހުންނަށް އަހަރެމެން ދައްކައިދޭނީ އަހަރެމެންގެ ދައުލަތުގެ ބާރުގަދަކަމާއި އަހަރެމެންގެ ގައުމުގެ އެއްބައިވަންތަކަން،" ދާހިލީ ވަޒީރު އަލީ ޔަރްލިކާޔާ ވިދާޅުވިއެވެ.
ތުރްކިޔެއިން ފެށި މި އޮޕަރޭޝަންގެ އެއް ބޭނުމަކީ އާ އަހަރާއި ނަސޯރާ ދީނުގެ މީހުން ފާހަގަކުރި ކްރިސްމަސް ދިމާވާ ދިގު ބަންދާ ދިމާކޮށް ޓެރަރިޒަމްގެ ހަމަލާތަކެއް ހިންގަފާނެތީއެވެ. އަދި މި އޮޕަރޭޝަން ފެށީ މުޅި ގައުމުގައި ޓެރަރިޒަމާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކެއްގައި އެތައް ބަޔަކު އެއްފަހަރާ ހައްޔަރު ކުރުމަށްފަހުއެވެ.



advertisment