ސާރިދޯޅު ހަމަލާއިން ރައްކާތެރިކަން ހޯދަން ޖަޕާން މީހުން އާ ފިޔަވަޅެއް އަޅައިފިއެވެ. އެއީ ސާރިދޯޅު ޝިކާރަކޮށް، އޭގެ މަސް ރެސްޓޯރަންޓްތަކުން ކާން ލިބޭ ގޮތް ހެދުމެވެ.
މި ކަމެއް ފެށީ މި އަހަރު ސާރިދޯޅު (ފޮޓޯ) ހަމަލާތަކުގައި 13 މީހުން މަރުވުމުންނެވެ. މިއީ މި ދިޔަ އަހަރަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.
ފަހަކަށް އައިސް އެ ސޮރުމެން ކާބޯތަކެތި ހޯދުމަށް ގޭގެއަށާއި ސްކޫލްތަކަށާއި ސުޕަމާކެޓްތަކަށް ވަދެއެވެ.
ރަށްފުށުގެ ގެސްޓްހައުސްތަކުގެ ރެސްޓޯރަންޓްތަކުގައި މިހާރު ތަރުކާރީއާއެކު ކައްކައިފައި ހުންނަ ސާރިދޯޅު މަސް ވެސް ލިބެއެވެ.
ސާރިދޯޅެއްގައި ބައި ޓަނު ހުރެއެވެ. އަދި އިންސާނުންނަށްވުރެ ބާރަށް ދުވެއެވެ.
ވެރިރަށް ޓޯކިޔޯއާ ކައިރީގައި އޮންނަ ޗިޗިބޫ ސިޓީގައި ހުންނަ ރެސްޓޯރަންޓެއްގެ ވެރިޔެއް ކަމަށްވާ ކޯޖީ ސުޒުކީ، 71، ބުނީ ސާރިދޯޅު މަސް ކާން ބޭނުންވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ ކަމަށެވެ.
"ބައެއް ކަސްޓަމަރުންނަށް ކާން ނުދެވި އަނބުރާ ފޮނުވައިލަން ވެސް ޖެހޭ،" އޭނާ ބުންޏެވެ.
ކޯޖީއަކީ ޝިކާރަވެރިއެއް ވެސްމެއެވެ. އޭނާ ބުނީ ސާރިދޯޅު މަސް ކައްކަނީ ވަރަށް ފަރުވާތެރިކަމާއެކު ކަމަށެވެ. އެއީ އެ ސޮރުމެންނަށް އިހްތިރާމް ކުރުމުގެ ގޮތުން ވެސްމެއެވެ.
"ސާރިދޯޅު ވަޅުލުމަށްވުރެ އެ ސޮރުމެންގެ މަސް މި ފަދަ ރެސްޓޯރަންޓަކުން ލިބޭ ގޮތަށް ހުރުން މާ ރަނގަޅު،" އޭނާ ބުންޏެވެ.
ކަސްޓަމަރެއް ކަމަށްވާ މިއުޒިކް ތައްޔާރުކުރާ ޓަކާކީ ކިމޫރާ، 28، އަކީ މީގެ ކުރިން ސާރިދޯޅު މަސް ކޭ މީހެއް ނޫނެވެ. ނަމަވެސް މިހާރު ސާރިދޯޅު މަސް އޭނާއަށް ވަރަށް ކަމުދެއެވެ.
"ގިނައިން ހެފި ވަރަކަށް ރަހަ އިތުރަށް މީރު ވޭ،" އޭނާގެ ތަޖުރިބާ ކިޔައިދިނެވެ.



advertisment