Support Us

އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ (ކ)އާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ އެމެރިކާގައި ބައްދަލުކުރައްވަނީ

ނަތަންޔާހޫއާ ބައްދަލުކުރުމަށްފަހު ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް ހަމާސްއަށް

އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫއާ އެމެރިކާގައި ބައްދަލުކުރެއްވުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޣައްޒާ ކޮންޓްރޯލްކުރާ ޖަމާއަތް ހަމާސްއަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

"ހަމާސްއަށް ޖެހޭނީ ހަތިޔާރު ބަހައްޓަން ނޫނީ ހަރުކަށި ނަތީޖާއަކާ ކުރިމަތިލާން،" ޓްރަމްޕް އިއްޔެ ވިދާޅުވިއެވެ.

"އިސްރާއީލުގެ ސަލާމަތަށް އިސްރާއީލުން ނިންމާނިންމުންތަކަށް އެމެރިކާއިން ފުރިހަމައަށް ތާއީދުކުރާނަން،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ނަތަންޔާހޫ ބުނީ ޓްރަމްޕްއާއެކު ބޭއްވި ބައްދަލުވުމުން "ފައިދާ ހުރި ނަތީޖާތަކެއް ނުކުތް"ކަމަށެވެ.

"ޣައްޒާއިން އިސްރާއީލަށް ދޭ ހަމަލާތަކާ އަހަރެމެން އަޅާނުލާ ނުތިބޭނަން،" ނަތަންޔާހޫ ބުންޏެވެ.

"ކަންތައްތައް ބަދަލުވެއްޖެކަން ހަމާސްއަށް ފަހުމް ވާންޖެހޭނެ،" މެދުއިރުމައްޗަށް ސުލްހަ ގެންނަން ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތަށް އިޝާރާތްކުރަމުން ނަތަންޔާހޫ ބުންޏެވެ.

ދެ އަހަރުވީ ޣައްޒާ ހަނގުރާމައިގައި މިހާތަނަށް 70،000 އަށްވުރެ ގިން މީހުން ވަނީ ޝަހީދުވެފައެވެ. ޣައްޒާ ހަނގުރާމަ ފެށުނީ އޮކްޓޫބަރު ހަތެއްގައި ހަމާސްއިން އިސްރާއީލުގެ ބޯޑަރު ހުރަސްކޮށް އިސްރާއީލަށް ވަދެ 1،200 ޔަހޫދީން މަރައިލައި 250 އަށްވުރެ ގިނަ މީހުން ރަހީންކުރުމުން އޭގެ އެއް ދުވަސް ފަހުން އިސްރާއީލުން ހަމަލާދޭން ފެށީމައެވެ.

މި ދިޔަ އޮކްޓޫބަރު 10 ގައި ހަނގުރާމަ ހުއްޓައިލުމުގެ މުއާހަދާއެއް އެމެރިކާއިން އިސްވެ ގާއިމުކޮށްދިނަސް އިސްރާއީލުން ދަނީ އަދިވެސް ހަމަލާތައް ދެމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *