Support Us

ބޯޑަރު ހުރަސްކޮށް އަފްޣާނިސްތާނުން އައި ބަޔަކު ޗެކު ކުރުމަށް ތަޖިކިސްތާން ސިފައިން ތައްޔާރުވަނީ

އަފްޣާނިސްތާން، ތަޖިކިސްތާން ބޯޑަރުގައި ހިނގި ހަމަނުޖެހުން ތަހުގީގުކުރަނީ

އަފްޣާނިސްތާނާއި ތަޖިކިސްތާން ބޯޑަރުގައި ހިނގި ހަމަނުޖެހުންތަކެއް ދެ ގައުމުން ގުޅިގެން ތަހުގީގުކުރަން ފަށައިފިއެވެ.

މި ދިޔަ ހަފުތާގެ އަންގާރަ ދުވަހު ބޯޑަރުގައި ހިނގި ހަމަނުޖެހުންތަކުގައި ތަޖިކިސްތާންގެ ދެ ސިފައިންނާއި ތަޖިކިސްތާން ތެރެއަށް ހުރަސްކުރި އަފްޣާނިސްތާންގެ ހަތިޔާރުއެޅި ތިން މީހުން މަރުވިއެވެ.

"އަފްޣާނިސްތާންގެ ހަތިޔާރުއެޅި ތިން މީހުން އަމުރަށް ނުކިޔަމަންތެރިވީ. އަދި އަހަރެމެންނަށް ހަމަލާދިނީ،" ތަޖިކިސްތާން އޮފިޝަލަކު ބުންޏެވެ.

އަފްޣާނިސްތާންގެ ސަރުކާރާ ހަވާލުވެހުރި ތޯލިބާން ޖަމާއަތުގެ ހާރިޖީ ވަޒީރު އާމިރު ހާން މުއްތަގީ ވިދާޅުވީ ތަހުގީގުގައި ތަޖިކިސްތާނަށް އެއްބާރުލުން ދެމުންދާ ކަމަށެވެ.

"މި މައްސަލަ ސީރިއަސް ގޮތެއްގައި ތަހުގީގު ކުރަން ފަށައިފިން. މި ފަދަ ހާދިސާތައް ކުރިމަގުގައި ހިނގިޔަ ނުދިނުމަށް ދެ ގައުމުން ބޭނުން،" އޭނާ ވިދާޅުވިއެވެ.

ދެ ގައުމުގެ ބޯޑަރުގެ ސަލާމަތްތެރިކަން ދެމެހެއްޓުމުގައި ފޭލިވީ އަފްޣާނިސްތާނުން ކަމަށް ތަޖިކިސްތާނުން ބުންޏެވެ. އަދި މިހާރަށްވުރެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ތަޖިކިސްތާނުން އަފްޣާނިސްތާނަށް ގޮވައިލިއެވެ.

އަފްޣާނިސްތާނުން ނެރުނު ބަޔާނެއްގައި ތަޖިކިސްތާނަށް ގޮވައިލީ ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަށެވެ.

"ދުޝްމިން ފަރާތްތަކުން ދެ ގައުމުގެ ގުޅުން ގޯސްކުރިޔަ ދީގެން ނުވާނެ،" ބަޔާނުގައި ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް