Support Us

ވެޓަކު ބުޅަލަކަށް ފަރުވާ ކުރަނީ

400 ޑޮލަރު އެރި ބިލު- "އެކަނިވެރި" ބުޅަލަށް ޖެހިފައިވަނީ "ހާސްވުމުގެ ބަލި"

ބުޅަލަކީ ވެސް އެކަނިވެރިކަން އިހުސާސް ކުރެވޭ މަހުލޫގެކެވެ. އަދި މިހެންވެ އެންޒައިޓީ ނުވަތަ ހާސްވުމުގެ ބަލި ވެސް ޖެހޭ ހައިވާނެކެވެ.

މިހާރު ވައިރަލްވެފައިވާ ލުއި ހަބަރަކަށްވެފައި ވަނީ މެސެޖް ބޯޑެއް ކަމަށްވާ ރެޑިޓްގައި މީހަކު ހިއްސާކުރި "މައްސަލަ"އެކެވެ. އޭނާގެ ބުޅާ ހައިވާނުންގެ ޑޮކްޓަރަކު ނުވަތަ ވެޓަކަށް ގެންގޮސް 400 ޑޮލަރު (6،168ރ.) ފަރުވާކުރުމުގެ ބިލަށް އެރި ފަހުން އެނގުނީ ބުޅަލަށް ޖެހިފައިވަނީ "އެކަނިވެރިވުމުން" ކުރިމަތިވި "ހާސްވުމުގެ ބަލި" ކަމެވެ.

"ބުޅަލަށް ކުރިމަތިވީ، އަހަރެންނާ ވަރަށް ދޯޅުވެފައި، ވަކި ގޮތަކަށް ދުވަހުގެ ކަންތައްތައް ރާވައިފައިވަނިކޮށް، އެ ކަންކަމަށް ބުރޫއެރުމުން ލިބުނު ހާސްކަން،" ވެރިމީހާ ބުނެފައިވެއެވެ.

އެހެންކަމުން ސީރިއަސް ބައްޔެއް އެ ބުޅަލަށް ނުޖެހޭ ކަމަށް އޭނާ ބުންޏެވެ.

އޮރެންޖް ކުލައިގެ ބުޅާ ވެޓްގެ މޭޒު މަތީގައި އޮތް ފޮޓޯއެއް ވެރިމިހާ ވަނީ ހިއްސާކޮށްފައެވެ.

"ބުޅާގެ މޫނުމަތިން ފެންނަނީ ތިބާހާ ހައިރާންވެފައިވާކަން،" ރެޑިޓުގެ ޕޯސްޓަށް ކޮމެންޓްކުރި މީހަކު މަޖަލަކަށް ހަދައިލައިފައި ބުނެފައިވެއެވެ.

"ވެޓުން ބިލު ކުރަނީ ތާކުންތާކު ނުޖެހޭހާ އަގުބޮޑުކޮށް،" އެހެން މީހަކު ކޮމެންޓްކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *