Support Us

މިޔަންމާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ޔަންގޮންގައި ވޯޓުލުމަށް މީހުން މިއަދު ކިޔުގައި

އަސްކަރީ ބަޣާވާތަށްފަހު މިޔަންމާގައި ބާއްވާ ފުރަތަމަ އިންތިހާބު ކުރިއަށް

މިޔަންމާގެ ޑިމޮކްރެސީ ލީޑަރު އަންގް ސަން ސޫ ކީގެ ވެރިކަން އަސްކަރީ ބަޣާވާތަކުން 2021 ގައި ވައްޓައިލުމަށްފަހު ފުރަތަމަ ފަހަރަށް އިންތިހާބެއްގައި މިއަދު ވޯޓުލާން ފަށައިފިއެވެ.

އަންނަ މަހަށް ދެމިގެންދާ އިންތިހާބުގައި އަސްކަރީ ވެރިޔާ މިން އައުންގް ހުލައިންގް މިހާރު ވަނީ ވޯޓުލައިފައެވެ.

އދ.އާއި ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނީ މިއީ މިނިވަން، އިންސާފުވެރި އަދި ތެދުވެރި އިންތިހާބެއް ނޫން ކަމަށެވެ. ސަބަބަކީ ޖަލަށް ލައިފައިވާ ސޫ ކީގެ ނެޝަނަލް ލީގް ފޮ ޑިމޮކްރެސީ (އެން.އެލް.ޑީ) އާއި އެހެނިހެން ބޮޑެތި އިދިކޮޅު ޕާޓީތަކުން މި ވޯޓުގައި ބައިވެރިވުމަށް ހުރަސްއަޅައިފައިވާތީ އާއި އަހުލީ ހަނގުރާމައެއް ކުރިއަށްދާތީ އިންތިހާބު ބާއްވަނީ ގައުމުގެ އެންމެ ތިންބައިކުޅަ އެއްބައިގައި ކަމަށްވާތީއެވެ.

އިންތިހާބާ ދެކޮޅަށް މިއަދު ވަނީ މުޒާހަރާ ވެސް ކޮށްފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނީ މަހަކަށް ދެމިގެންދާ މި އިންތިހާބަކީ "އަސްކަރިއްޔާގެ ބްރޭންޑް އާކުރުމެއް" ކަމަށެވެ.

މިޔަންމާގެ އަސްކަރީ ވެރިޔާ މިން އައުންގް ހުލައިންގް މިއަދު ވޯޓު ލުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން

"މި އިންތިހާބުން ވަކި އާ ނަތީޖާއެއް ނުނިކުންނާނެ. މިއީ އަސްކަރީ ވެރިކަން ވަރުގަދަ ކުރަން ބާއްވާ އިންތިހާބެއް. ޑިމޮކްރެސީ އަލުން އިއާދަ ކުރާކަށް ނޫން،" މުޒާހަރާގައި ބައިވެރިވި މީހަކު ބުންޏެވެ.

އަސްކަރީ ސަރުކާރުން ބުނީ މި އިންތިހާބުގެ ސަބަބުން "ރައްޔިތުންގެ ވެރިކަމަކަށް ގައުމު ރުޖޫއަވުމަށް އެހީވެދޭނެ" ކަމަށެވެ.

"މިއީ ގައުމަށް ތާޒާ ފެށުމެއް. ގައުމަށް ހަމަޖެހުން ލިބި އަދި އިގުތިސާދު ރަނގަޅުވުމަށް އެޅޭނެ ފިޔަވަޅެއް،" އޮފިޝަލަކު ބުންޏެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނީ މި އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ 2010 ގެ އަހަރުތަކުގައި ސޫ ކީއާ ދެކޮޅަށް ވެރިކަން ކުރުމަށް އުފެއްދި، އަސްކަރީއަށް ތާއީދުކުރާ ޔުނިއަން ސޮލިޑެރިޓީ އެންޑް ޑެވެލޮޕްމަންޓް ޕާޓީ (ޔޫ.އެސް.ޑީ.ޕީ) ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް