Support Us

ޣައްޒާ ރަށްވެހިން ސުމާލިލޭންޑަށް ބަދަލުކޮށްފާނެކަމުގެ ބިރު އުފެދިއްޖެ

ސުމާލިއާއިން 1991 އިން ފެށިގެން ވަކިވެގަންފައިވާ ސަރަހައްދެއް ކަމަށްވާ ސުމާލިލޭންޑް ދައުލަތެއްގެ ގޮތުގައި ބަލައިގަތް ފުރަތަމަ ގައުމަކީ އިސްރާއީލު ކަމަށްވުމުން، އެއީ ޣައްޒާ ރަށްވެހިން ސުމާލިލޭންޑަށް ބަދަލުކުރުމުގެ ރޭވުމަކަށްވެދާނެކަމަށް ސުމާލިއާއިން މިއަދު ބުނެފިއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނީ ޣައްޒާ ރަށްވެހިން ގަދަކަމުން ސުމާލިލޭންޑަށް ބަދަލުކުރާ ނަމަ އެ ކަމުން ސަރަހައްދު ހަލަބޮލިކޮށްލާނެ ކަމަށެވެ.

ސުމާލިއާގެ ހާރިޖިއްޔާގެ ސްޓޭޓް މިނިސްޓަރު އަލީ އުމަރު (ފޮޓޯ) ވިދާޅުވީ މިއީ ސުމާލިއާއާ ދެކޮޅަށް އިސްރާއީލުގެ ދައުލަތުން ދިން ހަމަލައެއް ކަމަށް ދެކޭ ކަމަށެވެ.

"އަހަރެމެންގެ ދާހިލީ ކަންތައްތަކާ ބެހުމަށް އިސްރާއީލުން ކުރާ ކަންތައްތަކާ ދެކޮޅަށް އެޅެން ހުރި ހުރިހާ ޑިޕްލޮމެޓިކް ފިޔަވަޅެއް އަޅާނަން،" އޭނާ ވިދާޅުވިއެވެ.

ސުމާލިލޭންޑަކީ މިނިވަން ދައުލަތެއް ކަމަށް އިސްރާއީލުން އިއްޔެ ބަލައިގަތްގަތުން އަނބުރާ ގެންދިއުމަށް ސުމާލިއާއިން ގޮވައިލިއެވެ. ސުމާލިއާއިން ބުނީ ސުމާލިލޭންޑް ބަލައިގަތުމަކީ ސުމާލިއާގެ މިނިވަންކަމާއި އިސްތިގުލާލަށް ގޮންޖެހުން ފަދަ ކަމެއް ކަމަށެވެ.

އަލީ ވިދާޅުވީ ސުމާލިލޭންޑް އިސްރާއީލުން ބަލައިގަތުމަކީ "ސުމާލިއާއިން ދުވަހަކު ވެސް ބަލައިނުގަންނާނެ" ކަމެއް ކަމަށެވެ.

"ބައިނަލްއަގުވާމީ ގާނޫނަށް ތަބާވާން އިސްރާއީލަށް ގޮވައިލަން،" އޭނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް