Support Us

"ގެއްލުނު" މަތިންދާބޯޓު 13 އަހަރު ފަހުން "ފެނުނީ" ޕާކިން ޒޯނުން

އެއާލައިން ހިންގުމުގެ ތާރީހުގައި އާދަޔާހިލާފު ކަމެއް ހިނގައިފިއެވެ. އެއާ އިންޑިއާއިން އުދުއްސުން ހުއްޓައިލި ބޮއިންގް 737-200 މަރުކާގެ ކާގޯ މަތިންދާބޯޓެއް އެއާލައިންގެ ލިޔެކިޔުންތަކުން "ގެއްލިފައި"ވީތާ 13 އަހަރު ފަހުން އިންޑިއާގެ ކޮލްކަޓާ ސިޓީގެ އެއާޕޯޓުގެ ޕާކިން ޒޯނުން "ފެނިއްޖެ"އެވެ.

މިވީ އަހަރުތަކުގައި އެއާޕޯޓުން ދިޔައީ ޕާކިން ފީ ނަގަމުންނެވެ. އެއީ 2012 ގައި ހިދުމަތް ހުއްޓައިލައިފައި، އެއާޕޯޓުގައި މީހުންގެ މާބޮޑު ސަމާލުކަމެއް ނުލިބޭ ހިސާބެއްގައި އޮތަސްމެއެވެ. ނަމަވެސް މިވީ 13 އަހަރުގައި ޕާކިން ފީ މިހާތަނަށް 10 މިލިއަން ރުޕީސް ނުވަތަ 120،000 ޑޮލަރު (1.8 މިލިއަން ރުފިޔާ)އަށް އެރުމުން، އެއާޕޯޓް އޮފިޝަލުންނަށް މަތިންދާބޯޓު ޕާކުކޮށްފައި އެހާ ގިނަ ދުވަހު އޮތްކަން ރޭކައިލައި، އެއާޕޯޓުން އެ މަތިންދާބޯޓު (ފޮޓޯ) ނެގުމަށް އެއާލައިނަށް އެންގިއެވެ. މަތިންދާބޯޓު "ގެއްލުނުކަން" އެއާ އިންޑިއާއަށް އެނގުނީ އެ ހިސާބުންނެވެ.

އެއާ އިންޑިއާއިން ބުނީ އެ އެއާލައިންގެ ލިޔެކިޔުންތަކުން އެ މަތިންދާބޯޓު "ގެއްލުނީ" އެ ފްލައިޓް ހުއްޓައިލައި، ކުންފުނީގެ އޮނިގަނޑު އަލުން ބަދަލުކުރުމުގެ މަސައްކަތް ފަދަ ކަންތައްތައް ކުރިއަށްގެންދިއުމުގެ ތެރޭގައި ކަމަށެވެ.

"އެ މަތިންދާބޯޓު ވަނީ އަހަރެމެންގެ ހަނދާނުން ނެތިގޮސްފައި،" އެއާ އިންޑިއާގެ ސީ.އީ.އޯ ކޭމްޕްބެލް ވިލްސަން މަޖަލަކަށް ހަދައިލައިފައި ބުންޏެވެ.

ދަހަރަކަށްވުރެ ގިނަ ދުވަހުގެ ޕާކިން ފީ މިހާރު ވަނީ ދައްކައިފައެވެ.

މި މަތިންދާބޯޓު ދެން ބޭނުންކުރާނީ ރިޕާޕޯސްކޮށްފައި ތަމްރީން ދިނުމުގެ މަސައްކަތްތަކަށް ކަމަށް އެއާ އިންޑިއާއިން ބުންޏެވެ.

މަތިންދާބޯޓު އަލުން "ފެނުނީ" މި ދިޔަ މަހު ފަހުކޮޅުއެވެ. މި ކަން މީޑިއާއަށް ހާމަކުރީ މި ދިޔަ ހަފުތާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *