އަންނަ އަހަރު އިތުރު މިސައިލާއި އާޓިލަރީ އުފެއްދުމުގެ ބޮޑު މަޝްރޫއެއް ކުރިއަށްގެންދަން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ނިންމައިފިކަމަށް ދައުލަތުގެ މީޑިއާއިން މިއަދު ރިޕޯޓްކޮށްފިއެވެ.
ހަތިޔާރު އުފައްދާ ފެކްޓަރީތައް ކިމް ވަނީ ބަލައިލައިފައެވެ.
"މިސައިލާއި ޝެލް އުފެއްދުމަކީ އަހަރެމެންނާ ދެކޮޅަށް ހަނގުރާމަ ކުރިޔަނުދިނުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް،" ކިމް ބުންޏެވެ.
މި އަމާޒަށް ވާސިލުވުމަށް ހަތިޔާރު އުފައްދާ އާ ފެކްޓްރީތައް ގާއިމުކުރަން ވެސް އޭނާ ނިންމިއެވެ.
"އަސްކަރިއްޔާގެ ބޭނުންތަކަށް ފުދޭނެ މިންވަރަށް ހަތިޔާރު އުފެއްދުން އިތުރަށް ފުޅާކުރަން ޖެހޭނެ،" ކިމް ބުންޏެވެ.
އޭނާ މި ގޮތަށް ނިންމީ އޭނާގެ ޕާޓީ، ވޯކާސް ޕާޓީ އޮފް ކޮރެއާ (ޑަބްލިޔު.ޕީ.ކޭ)އިން އަންނަ އަހަރު ކުރީކޮޅު ބާއްވާ ކޮންގްރެސްގައި، ދިފާއި ދާއިރާ ފުޅާ ގޮތެއްގައި ތަރައްގީ ކުރުމުގެ ރޭވުންތަކެއް އެކުލުވައިލައިނެ ކަމަށް ބެލެވިފައިވަނިކޮށެވެ. ބޭނުމަކީ ވާދަވެރި ގައުމުތައް ކަމަށްވާ ދެކުނު ކޮރެއާ އާއި އެމެރިކާ ފަދަ ގައުމުތަކަށް މެސެޖެއް ދިނުން ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ.



advertisment