Support Us

ޔަމަންގެ ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސް.ޓީ.ސީ)އަށް ތާއީދުކުރާ މީހުންތަކެއް ދެކުނުގެ އައްސޭރި ސިޓީ އަދަނުގައި

ޔަމަނުން އީރާންގެ ނުފޫޒު ކަނޑުވައިލަން ޔޫ.އޭ.އީއާ ގުޅިފައިވާ ޖަމާއަތަށް ސައުދީގެ އިންޒާރެއް

ޔަމަންގެ ވެރިރަށް ސަންއާ އާއި އުތުރުގެ ގިނަ ސަރަހައްދުތައް ހިފައިގެން ތިބި، އީރާންގެ ތާއީދު ލިބިފައިވާ ހޫސިޔޫން ޖަމާއަތް ނިކަމެތިކޮށްލުމަށް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ތާއީދު ލިބިފައިވާ ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސް.ޓީ.ސީ)އިން، މި މަހު ކުރީކޮޅު ޔަމަންގެ އިރުމަތިން ހިފި ދެ ސަރަހައްދަކުން ފައިބަން ސައުދީ އަރަބިއްޔާއިން މިއަދު އިންޒާރު ދީފިއެވެ.

"ތެލުގެ މުއްސަނދިކަން ލިބިފައިވާ ހަޒްރަމޫތު އާއި އަލްމަހްރާ އެސް.ޓީ.ސީން ހިފުމުން ކަމަކާ ނުލާ މައްސަލަ އިތުރަށް ގޯސްވެއްޖެ،" ސައުދީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޔަމަންގެ ސަލާމަތްތެރިކަން ނެގެހެއްޓުމަށް ޔަމަންގައި ހަރަކާތްތެރިވާ ހުރިހާ ޖަމާއަތްތަކުން އެއްބާރުލުމަށް ސައުދީން ގޮވައިލިއެވެ. އެ ގޮތުން، ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންފައިވާ ޔަމަންގެ ސަރުކާރު ނެގެހެއްޓުމަށް ސައުދީން އުފައްދައިފައިވާ އަސްކަރީ ޖަމާއަތް، ނެޝަނަލް ޝީލްޑް ފޯސަސް (އެން.އެސް.އެފް)އާ ހަޒްރަމޫތު އަދި އަލްމަހްރާ ހަވާލު ކުރުމަށް އެސް.ޓީ.ސީއަށް ސައުދީން ދަނީ ބާރުއަޅަމުންނެވެ. ނަމަވެސް އެސް.ޓީ.ސީން މިހާތަނަށް އެ ގޮތަށް އަމަލުކޮށްފައެއް ނުވެއެވެ. މިހެންވެ ޔޫ.އޭ.އީ އާއި ސައުދީއާ ދެމެދު ގުޅުން ގޯސްވެ، ހޫސިޔޫންއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނާކާމިޔާބުވެދާނެ ކަމުގެ ބިރުވަނީ އުފެދިފައެވެ.

ޔަމަންގެ ސަރުކާރުން ކޮންޓްރޯލް ކުރަނީ ކުޑަ ސަރަހައްދެކެވެ. ދެކުނާއި އިރުމަތީގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލް ކުރަނީ އެސް.ޓީ.ސީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް