Support Us

މޯޗަރީއަކުން ގުނަވަން ވިޔަފާރިކުރި ދެމަފިރިއަކު ޖަލަށް

އެމެރިކާގެ މަޝްހޫރު ހާވަޑް ޔުނިވާސިޓީގެ ސިއްހަތާ ބެހޭ ސްކޫލްގެ މޯޗަރީގައި ހުރި މަރުވެފައިވާ މީހުންގެ ގުނަވަން ވަގަށް ނަގައިގެން ވިއްކުމުގެ ވިޔަފާރި ހިންގިކަމުގެ ކުށުގައި އެ ތަނުގެ ކުރީގެ މެނޭޖަރާއި އޭނާގެ އަނބިމީހާގެ މައްޗަށް ޖަލު ހުކުމް އިއްވައިފިއެވެ.

އިލްމްވެރި ދިރާސާތައް ކުރުމަށްޓަކައި، މަރުވުމުގެ ކުރިން ހަށިގަނޑު ހައިރާތުކުރި މީހުންގެ ގުނަވަންތައް ވިއްކި ކަމުގެ ކުށުގައި މި ދިޔަ ހަފުތާގައި ސީޑްރިކް ލޮޖްއަށް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު އޭނާގެ އަންހެނުން ޑެނީސްއަށް އިއްވީ އެ ގުނަވަންތައް ގަތް މީހުންނަށް ފޮނުވައިދިނުމުން އެއް އަހަރުގެ ޖަލު ހުކުމެކެވެ.

މި ކޭސް ފަޅާއެރުމުން އާއިލާތަކާއި ސިއްހީ ދާއިރާއަށް ވަނީ ސިހުން ލިބިފައެވެ. ސަބަބަކީ އިންސާނުންގެ ގުނަވަން ޓްރެފިކް ކުރުމުގައި އިތުބާރު ހިފޭ ސިއްހީ އިދާރާތައް ވެސް ޝާމިލުވާކަން ހާމަވުމުންނެވެ.

"ސީޑްރިކް ވަނީ އޭނާގެ އަމިއްލަ އެދުމެއް ހާސިލު ކުރުމަށްޓަކައި، އަމިއްލަ ނަފުސުގެ ދިފާއުގައި ވާހަކަ ދައްކަން މިހާރު ދުނިޔޭގައި ނެތް މީހުންގެ ނާޖާއިޒު ފައިދާ ނަގައިފައި،" ފަނޑިޔާރު މެޓްހިއު ބްރާން ބުންޏެވެ.

ސީޑްރިކް އަދި ޑެނީސް ހިންގި ޖަރީމާގެ ސަބަބުން 400 އަށްވުރެ ގިނަ އާއިލާއަށް އަސަރުކޮށްފައިވާ ކަމަށް ބެލެވެއެވެ.

"އަހަރެމެންނަށް ޖަވާބެއް ލިބޭކަށް ނެތް. އަހަރެމެން މި ވަނީ ނާމާންކަމުން ފުރިފައިވާ ކުށުގެ ވެއްޓަކަށް ހުށަހެޅިފައި،" އެ ތަނުން އާއިލާއެއްގެ މެންބަރަކު ކޯޓުގައި ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *