Support Us

ތައިލެންޑްގެ ހާރިޖީ ވަޒީރު ސިހަސަކް ފުއަންގްކެޓްކިއައު (ކ) އަދި ކެމްބޯޑިއާގެ ހާރިޖީ ވަޒީރު ޕްރަކް ސޮކްހޮން

ހަނގުރާމަ ހުއްޓައިލުމުގެ ވާހަކަތައް ތައިލެންޑް، ކެމްބޯޑިއާ އަލުން ފަށަނީ

ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރުގައިވާ ބިންތަކާއި ފައްޅިތަކުގެ މިލްކުވެރިކަން ފަދަ މައްސަލަތަކާހުރެ ފަށައިފައިވާ ހަނގުރާމަ އިއްޔެ ތިންވަނަ ހަފުތާއަކަށް ދެމިގެންދިއުމުން، ސުލްހައިގެ ވާހަކަތައް އަލުން ފަށަން ނިންމައިފިއެވެ.

މަދުވެގެން 74 މީހުން މަރުވެ، ބައި މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށްލަން ޖެހުނު ހަނގުރާމަ ފެށުނީ މި މަހުގެ އަށެއްގައި ދެ ގައުމުގެ 497 މޭލު (800 ކިލޯމީޓަރު)ގެ ދިގުމިން ހުރި ބޯޑަރުގައެވެ. މިއީ ވޭތުވެދިޔަ ހަ މަސް ތެރޭގައި ދެކުނުއިރުމަތީ އޭޝިއާގެ ދެ އަވަށްޓެރިންގެ ދެމެދުގައި ހަނގުރާމަ ފެށި ދެވަނަ ފަހަރެވެ. އެއީ އެމެރިކާ، މެލޭޝިއާ އަދި ޗައިނާއިން ސުލްހައިގެ މުއާހަދާއެއް ގާއިމުކޮށްދީފައިވަނިކޮށެވެ.

ތައިލެންޑްގެ ހާރިޖީ ވަޒީރު ސިހަސަކް ފުއަންގްކެޓްކިއައު ވިދާޅުވީ މި ދިޔަ ޖުލައި މަހު ގާއިމުކުރި ސުލްހައިގެ މުއާހަދާގެ މައްސަލައަކީ "އަވަސްއަރުވައިލައިގެން" ގާއިމުކުރި އެއްބަސްވުމަކަށްވާތީ ކަމަށެވެ.

"މިހެން ދިމާވީ ރައީސް ޑޮނަލްޑް ޓްރަމްޕް ޒިޔާރަތް ކުރައްވައިތީ އެމެރިކާއިން އަވަސްއަރުވައިލުމުން،" ސިހަސަކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަނގުރާމައެއް ހުއްޓައިލެވޭނީ ހަމައެކަނި އިއުލާންކޮށްގެން ނޫން ކަމަށާއި ސުލްހަ ގާއިމު ކުރެވޭނީ މަޝްވަރާ ވެސް ކޮށްގެން ކަމަށެވެ.

"އަހަރެމެން ބޭނުންވީ ކެމްބޯޑިއާއިން ވެސް ކަށަވަރުކޮށްދޭނެ ހަގީގީ ސުލްހައެއް،" ސިހަސަކް ވިދާޅުވިއެވެ.

އޭނާ އާއި ކެމްބޯޑިއާގެ ހާރިޖީ ވަޒީރު ޕްރަކް ސޮކްހޮން އިއްޔެ ވަނީ މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ބައްދަލުކުރައްވައިފައެވެ. އެއީ އަލުން ހަނގުރާމަ ފެއްޓި ފަހުން ދެ ވަޒީރުން ސީދާސީދާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. މި ބައްދަލުކުރެއްވުން ބޭއްވެވީ ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގެ ޖަމިއްޔާ، އާސިއާންގެ އެންމެ އިސްވެރިންގެ ސަމިޓުގެ ހަވާސާގައެވެ.

ދެ ގައުމުގެ ދެމެދުގައި އިތުރު ވާހަކަތައް ކުރިއަށްގެންދަން ދިފާއީ ވަޒީރުން މި ހަފުތާގެ ފަހުކޮޅު ބައްދަލުކުރައްވާ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފައެވެ.

ސުލްހައިގެ ވާހަކަތައް އަލުން ފަށަނީ ރައްޔިތުން ރައްކާތެރި ކުރުމަށާއި ބޯޑަރަށް ދާއިމީ ސުލްހަ ގެނައުމަށެވެ.

ސުލްހަ ގެންނަން ނިންމީ އާސިއާން އާއި ދެ ގައުމުގެ ދެމެދުގައި ގާއިމުކުރާ ބޯޑަރު ބަލަހައްޓާ ކޮމިޓީއެއްގެ ބެލެނިވެރިކަމުގެ ދަށުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް