Support Us

ޔަމަން ސަރުކާރާއި ހޫސިޔޫން ޖަމާއަތާ ދެމެދު 3،000 ގައިދީން ބަދަލުކުރަނީ

ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންފައިވާ ޔަމަންގެ ސަރުކާރާއި ވެރިރަށް ސަންއާ އާއި އުތުރުގެ ގިނަ ސަރަހައްދުތައް ކޮންޓްރޯލްކުރާ، އީރާންގެ ތާއީދު ލިބިފައިވާ ހޫސިޔޫން ޖަމާއަތާ ދެމެދު ގާތްގަނޑަކަށް 3،000 ގައިދީން ބަދަލުކުރަން ނިންމައިފި ކަމަށް އދ.އިން މިއަދު ބުނެފިއެވެ.

އެތައް ދަހަރަކަށް ދެމިގެން ގޮސްފައިވާ އަހުލީ ހަނގުރާމައިގައި މިއީ ފުރަތަމަ ފަހަރަށް މިހާ ގިނަ އަދަދަކަށް ގައިދީން ބަދަލުކުރާ ފަހަރު ކަމަށް، 2014 އިން ފެށިގެން އދ.ގެ މެދުވެރިއެއްގެ ދައުރު އަދާކުރާ ހާއްސަ މަންދޫބު ހަންސް ގްރަންޑްބާގް (ފޮޓޯ) ބުންޏެވެ.

މި އަދަދަށް ގައިދީން ބަދަލުކުރަން ނިންމީ އުމާންގެ ވެރިރަށް މަސްކަތުގައި އދ.ގެ ބެލުމުގެ ދަށުން ބޭއްވި، ގާތްގަނޑަށް ދެ ހަފުތާއަށް ދެމިގެންދިޔަ ވާހަކަތަކަކަށްފަހުއެވެ.

"މި އެއްބަސްވުމުގެ ސަބަބުން ގައިދީންނާއި އެ މީހުންގެ އާއިލާތަކުގެ ކެކުޅުންތަކަށް ލުޔެއް ލިބޭނެ. އެހެންކަމުން މި އެއްބަސްވުމަކީ ރަނގަޅު އަދި މާނަވީ އެއްބަސްވުމެއް،" ހަންސް ބުންޏެވެ.

ހޫސިޔޫންގެ އޮފިޝަލެއް ކަމަށްވާ އަބްދުލްގާދިރު އަލްމުރުތަޒާ އެކްސްގައި ބުނީ ހޫސިޔޫނުން ދޫކޮށްލަނީ 1،700 ގައިދީން ކަމަށެވެ.

"މީގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ހަތް ގައިދީންނާއި ސޫދާންގެ 23 ގައިދީން ހިމެނޭ،" އޭނާ ބުންޏެވެ.

ސަރުކާރުން ދޫކޮށްލަނީ ހޫސިޔޫންގެ 1،200 ގައިދީންނެވެ.

ސަރުކާރުން ކޮންޓްރޯލް ކުރަނީ ކުޑަ ސަރަހައްދެކެވެ. ދެކުނާއި އިރުމަތީގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލް ކުރަނީ ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސް.ޓީ.ސީ)އެވެ.

އެތައް ހާސް މީހުން މަރުވެފައިވާ ޔަމަންގެ އަހުލީ ހަނގުރާމައަކީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ ބޮޑު އެއް އިންސާނީ ކާރިސާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް