Support Us

ޕެރަޕްލީޖިކް މީހަކު ފުރަތަމަ ފަހަރަށް ޖައްވަށް

ޖަރުމަންގެ އަންހެނެއް ކަމަށްވާ މިޝެލާ ބެންޓްހައުސް ޖައްވަށް ދިޔަ ފުރަތަމަ ޕެރަޕްލީޖިކް މީހާ ކަމަށް ވެއްޖެއެވެ.

އުމުރުން 33 އަހަރުގެ އިންޖިނޭރެއް ކަމަށްވާ މިޝެލާގެ ހަށިގަނޑުގެ ތިރީ ބައިން ވާގި ނެތުނީ މައުންޓަން ބައިކް ނުވަތަ ފަރުބަދަމަތީގައި ބައިސްކަލް ދުއްވުމުގެ އެކްސިޑެންޓެއްގައި މީގެ ހަތް އަހަރު ކުރިންނެވެ.

އެމެރިކާގެ ސްޓޭޝަނަކުން ޖައްވަށް ދިޔައީ ހޮނިހިރު ދުވަހު، ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ވިޔަފާރި ކަމަށްވާ އެމެޒޯންގެ ވެރިޔާ ޖެފް ބޭޒޯސްގެ ޖައްވީ އޮޕަރޭޝަންތަކާ ބެހޭ ކުންފުނި ބްލޫ ހޮރައިޒަންގެ އުޅަނދެއްގައެވެ.

ދުނިޔެއަށްވުރެ 65 މޭލު (105 ކިލޯމީޓަރު) މަތީގައި، ގާތްގަނޑަކަށް 11 މިނެޓުގެ ފްލައިޓެއްގައި، މިޝެލާ ވަނީ ގާތްގަނޑަކަށް ހަތަރު މިނެޓެއްހާއިރު ދުނިޔޭގެ ދަމާބާރުން ބޭރުގައި "އުދުހިފަ"އެވެ. އެ ގޮތުން އުޅަނދު ތެރޭގައި، ފުރޮޅުލީ ގޮނޑިން ފައިބާ، އެކޮޅުކޮޅުން ވެސް ޖެހެން އޭނާ މަސައްކަތްކުރިއެވެ.

"އެއީ މިހާތަނަށް ކުރެވުނު އެންމެ ސަޅި ތަޖުރިބާ،" މިޝެލާ ބުންޏެވެ.

އޭނާ ބުނީ ޖައްވުގައި، ދުނިޔޭގެ ދަމާބާރުން ބޭރުގައި އުދުހިލުމަކީ އޭނާގެ "ހަޔާތުގެ ހުވަފެން" ކަމަށެވެ.

މިޝެލާއާއެކު ބްލޫ ހޮރައިޒަންގެ ރޮކެޓް، ނިއު ޝެފަޑްގައި އިތުރު ފަސް ފަސިންޖަރުން ވެސް ޖައްވަށް ދިޔައެވެ.

ބްލޫ ހޮރައިޒަންއިން މީގެ ކުރިން ޖައްވަށް ފޮނުވި ނުކުޅެދޭ މީހުންގެ ތެރޭގައި ލޮލުގެ އަލިކަން ގެއްލިފައިވާ މީހުންނާއި ކަންފަތަށް އަޑު ނީވޭ މީހުން ހިމެނެއެވެ.

އެ ކުންފުނިން ޖައްވަށް ފޮނުވި މީހުންގެ ތެރޭގައި އުމުރުން 90 އަހަރުގެ ދެ މީހުން ވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *