Support Us

ނިއުކްލިއަ ހަކަތަ އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ޕްލާންޓް ޖަޕާނުން އަލުން ހުޅުވަނީ

ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއަ ހަކަތަ އުފައްދާ ޕްލާންޓް ކަމަށްވާ ކަޝިވަޒަކި-ކަރިވަ އަލުން ހުޅުވަން ޖަޕާނުން މިއަދު ނިންމައިފިއެވެ.

މިއީ ބިންހެލުމަކާއެކު ސުނާމީއެއް އެރި 2011 ގެ ފުކުޝިމަ ކާރިސާގައި 54 ރިއެކްޓަރު ބަންދުކުރުމަށް ފަހު ސިޔާސަތު އަލުން ބަދަލުކޮށްލުމެކެވެ.

މިއީ ނީގަޓާގެ ގަވަރުނަރު ހިޑެޔޮ ހަނަޒުމިގެ ނިންމުމެކެވެ.

ހަތް ރިއެކްޓަރު ހުރި ކަޝިވަޒަކި-ކަރިވަ (ފޮޓޯ) އަލުން ހުޅުވަން ހަމަޖެއްސީ އަންނަ އަހަރު ކުރީކޮޅެވެ.

ކަޝިވަޒަކި-ކަރިވަ ހިންގަނީ ޖަޕާންގައި ކަރަންޓުގެ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނި ކަމަށްވާ ޓޯކިޔޯ އިލެކްޓްރިކް ޕަވާ ކޮމްޕެނީ (ޓެޕްކޯ)އިންނެވެ. މި ކުންފުންޏަކީ ދުނިޔޭގައި ވެސް ހުރި އެންމެ ބޮޑެތި ކަރަންޓު ކުންފުނިތަކުގެ ތެރެއިން ކުންފުންޏެކެވެ. އަދި މިއީ ފުކުޝިމަ ވެސް ހިންގި ކުންފުންޏެވެ.

ކަޝިވަޒަކި-ކަރިވަ ހުޅުވުމުން އިމްޕޯޓް ކުރާ އަގުބޮޑު ތެލަށް ޖަޕާނުން ކުރާ ބަރޯސާ ކުޑަވެގެންދާނެއެވެ. އަދި ކަރަންޓުގެ ހިދުމަތް ދިނުން ވެސް ފުޅާވެގެންދާނެއެވެ.

"ފުކުޝިމަ ކާރިސާ ފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ވިޔަ ނުދޭނެކަމުގެ ޔަގީންކަން އަހަރެމެން ދެން،" ޓެޕްކޯގެ ތަރުޖަމާނަކު ބުންޏެވެ.

ކަޝިވަޒަކި-ކަރިވަ އަލުން ހުޅުވުމާމެދު ނުރުހޭ މީހުން ބުނީ ނިއުކްލިއަ ކާރިސާއެއް ހިނގުމުގެ ސީދާ ނުރައްކާ ތަޖުރިބާ ކުރެވިފައިވާތީ އެ ފަދަ ހާދިސާއެއް ނުހިނގާނެކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.

ޖަޕާނުން މިހާރު ވެސް ވަނީ 14 ރިއެކްޓަރު ހިންގަން ފަށައިފައެވެ. އެއީ ކުރިއަށްވުރެ ސާފު، އަދި ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ފޯރުކޮށްދިނުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް