Support Us

ބަނގްލަދޭޝްގައި ހުރި މިޔަންމާގެ ރޮހިންގްޔާ މީހުންގެ ރެފިއުޖީ ކޭމްޕެއްގައި ކުޑަކުއްޖަކު ޕްލާސްޓިކް ހޮވަނީ

އެމެރިކާއިން ބޮޑު އެހީއެއް ކަނޑައިލުމުން ރޮހިންގްޔާ ކުދިން ނުރައްކާތެރި ފައްތަރަކަށް

މިޔަންމާގެ އަސްކަރީން ނަސްލު ނައްތައިލަން އުޅުމުން ބަނގްލަދޭޝްއަށް ހިޖުރަކުރި ރޮހިންގްޔާ މީހުންގެ ރެފިއުޖީ ކޭމްޕްތަކަށް އެމެރިކާއިން ފޯރުކޮށްދެމުން ދިޔަ އެހީގެ ބޮޑު ބައެއް ކަނޑައިލުމުން ކުޑަކުދިން ނުރައްކާތެރި ހާލަތަކަށް ވެއްޓިއްޖެއެވެ.

"ރޮހިންގްޔާ މީހުން އުޅޭ ކޭމްޕްތަކަށް ދޭ އެހީތެރިކަމުގެ ހިދުމަތްތައް ވަރަށް ބޮޑަށް ކަނޑައިލުމުން ކުދިންގެ ނާޖާއިޒު ފައިދާ ނެގުމާއި ކުޑަކުދިން ކައިވެނި ކުރުވުމާއި އެ ކުދިން ޓްރެފިކް ކުރުން މިހާރު ވަނީ ބޮޑު މައްސަލައަކަށް ވެފައި،" އެހީ ދޭ ޖަމާއަތަކުން ބުންޏެވެ.

އުމުރުން 16 އަހަރުގެ ހަސީނާ ނަމަކަށް ކިޔާ ކުއްޖަކު ބުނީ ސްކޫލް ބަންދުކުރަން ޖެހުމުން ކިޔެވުމުގެ ބަދަލުގައި އޭނާއަށް މަޖުބޫރުވީ "އަނިޔާވެރި ކައިވެންޏެއް" ކުރަން ކަމަށެވެ.

"ސްކޫލް ބަންދުކުރަން ނުޖެހުނުނަމަ، މި ފަދަ ދިރިއުޅުމެއްގައި އަހަރެން ތާށި ނުވީސް،" އޭނާ ބުންޏެވެ.

ރޮހިންގްޔާ މީހުންގެ ކަންތައްތައް ބަލަހައްޓާ ފަރާތްތަކުން ބުނަނީ އުމުރުން އެންމެ 10 އަހަރުގެ ކުދިން ވެސް ހިމެނޭ ގޮތަށް އެތައް ހާސް ކުދިން ވަނީ މަޖުބޫރުވެގެން މަސައްކަތު ދާއިރާއަށާއި ހަށިވިއްކުމުގެ ނާމާންކަމަށް ވެސް ނުކުމެފައި ކަމަށެވެ.

"ސްކޫލްތަކާއި ޒުވާނުންގެ މަރުކަޒުތައް ފަދަ ކުޑަކުދިންނަށް ރައްކާތެރިކަން ލިބޭ ތަންތަން ނެތުމުން މިހާރު ދިމާވެފައިވާ ގޮތެއް މިއީ،" ރޮހިންގްޔާ މީހުންގެ ކަންތައްތައް ދިރާސާ ކުރާ ފަރާތަކުން ބުންޏެވެ.

ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބުނަނީ މިހާރު ވެސް ނިމަކެތި ހާލުގައި ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ ރޮހިންގްޔާ މީހުންގެ ހާލަތު ކުރިމަގުގައި އަދި މިހާރަށްވުރެ އިތުރަށް ސީރިއަސް ވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް