ހަރީފު މޫސުމުގެ ތޫފާންތަކެއްގައި މަޣްރިބު ކަރައިގައި ފެންބޮޑުވެ 37 މީހުން މަރުވެއްޖެއެވެ.
އެންމެ ބޮޑަށް އަސަރު ކުރީ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ސޯފީއަށެވެ. އެ ގޮތުން 37 މީހުން މަރުވީ އެ ރަށުގައެވެ.
އޮފިޝަލަކު ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މޫސުން ގޯސްވާނެ ކަމަށެވެ.
ސަރުކާރުން އިއްޔެ ވަނީ ކުއްލި އެހީ ދިނުމުގެ މަޝްރޫއެއް ފަށައިފައެވެ. އެއީ 28 ޕްރޮވިންސްގެ 73،000 އާއިލާއަށެވެ. ކަމާ ބެހޭ އިދާރާތަކުން ދަނީ ކާބޯތަކެއްޗާއި ރަޖާ ފަދަ ތަކެތި ބަހަމުންނެވެ.
"މުޅި ގައުމުގައި އެތައް އަވަށަކަށް ވަނީ އަސަރުކޮށްފައި،" އެހެން އޮފިޝަލަކު ބުންޏެވެ.
ބޯކޮށް ވާރޭ ވެހުމާއި ގަނޑުވާ ފަދަ ފިނިކަމާއި އަދި ސްނޯގެ އަސަރު ވެސް ވަނީ ކޮށްފައެވެ.
"އަހަރެމެންގެ ހުރިހާ އެއްޗެއް ގެއްލިއްޖެ،" ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު އާއިލާއެއްގެ މީހަކު ބުންޏެވެ.
"މިއީ 'ކަޅު ދުވަހެ’އް،" ފެންބޮޑުވުމާމެދު އެހެން މީހަކު ބުންޏެވެ.



advertisment