Support Us

ޣައްޒާގެ ނުސައިރަތު ރެފިއުޖީ ކޭމްޕްގެ ގެދޮރާއި އިމާރާތްތައް އިސްރާއީލުގެ އަސްކަރިއްޔާއިން ސުންނާފަތިކޮށްލައިފައި

ޣައްޒާ އާރާސްތުކުރުމުގެ 70 ބިލިއަން ޑޮލަރުގެ މަޝްރޫއަށް އެމެރިކާ ކުންފުނިތަކުގެ ދަހިވެތި ނަޒަރު

ދެ އަހަރުވީ ޣައްޒާ ހަނގުރާމައިގައި އިސްރާއީލު އަސްކަރިއްޔާއިން ސުންނާފަތިކޮށްލި ގެދޮރާއި އިމާރާތްތަކާއި އެހެނިހެން ތަންތަން އަލުން ހަދަން ހަރަދުވާނެ ކަމަށް އދ.އިން އަންދާޒާކުރާ 70 ބިލިއަން ޑޮލަރު (1،078 ބިލިއަން ރުފިޔާ)ގެ މަޝްރޫއުތައް ހޯދަން އެމެރިކާގެ ބޮޑެތި ކުންފުނިތަކުން ދަހިވެތިކަމާއެކު މަސައްކަތްކުރަން ފަށައިފިއެވެ.

އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ބުނީ ފައިސާގެ ދަހިވެތިކަމުގައި އުޅޭ އެމެރިކާގެ ބޮޑެތި ކުންފުނިތަކުން މަޝްރޫއުތަކުގެ ބީލަންތައް ކާމިޔާބުކޮށްފިނަމަ އޭގެ ގެއްލުންވާނީ ޣައްޒާގެ ދެ މިލިއަން ރަށްވެހިންނަށް ކަމަށެވެ.

"އެ މީހުން އަދިވެސް ދިރިއުޅެމުންދަނީ އިސްރާއީލުން ބިމާހަމަކޮށްލި ގާފުނިތަކުގެ ތެރޭގައި،" އެހީ ދޭ ޖަމާއަތެއްގެ އޮފިޝަލަކު ބުންޏެވެ.

ރަސްމީ ގޮތުން އަދި އެއްވެސް ކުންފުންޏަކާ ކޮންޓްރެކްޓެއް ހަވާލުކޮށްފައި ނެތަސް ޣައްޒާ އާރާސްތުކުރުމުގެ މަޝްރޫއުގައި ހިންގާނެ ޕްރޮޖެކްޓްތައް ހޯދަން މަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި އެމެރިކާގެ ސިޔާސީ ފަރާތްތަކާ ގުޅިފައިވާ ކުންފުނިތައް ވެސް ހިމެނެއެވެ.

"ކޮންމެ މީހަކު ވެސް ބޭނުންވަނީ އެ މީހަކާއި އެ މީހެއްގެ ކޮއްކޮއަށް ކޭކުކޮޅު ބަހައިލަން،" ސިނާއީ ދާއިރާގެ ތަޖުރިބާކާރަކު އެމެރިކާގެ ކުންފުނިތަކަށް ފާޑުކިޔަމުން ބުންޏެވެ.

މިހާރު 70،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައިވާ ހަނގުރާމައިގައި ސުންނާފަތިކޮށްލި ޣައްޒާ އާރާސްތުކުރުމުގައި އެމެރިކާ ކުންފުނިތައް ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ލޮޖިސްޓިކްސް އާއި އިމާރާތްކުރުމާއި އަދި އެހީ ވެސް ފޯރުކޮށްދިނުމުގެ މަޝްރޫއުތައް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *