Support Us

ޣައްޒާއަށް ދިން ހަމަލާއެއްގައި ޝަހީދުވި މީހެއްގެ ހަށިގަނޑު ފަލަސްތީންގެ މަދަނީ ދިފާއީ އިދާރާގެ މުވައްޒަފުން ގެންދަނީ

ޣައްޒާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކުރުން ހުއްޓުވަން އިސްރާއީލުންކުރި މަސައްކަތް ތޮޅިޔަށް

ޣައްޒާ ހަނގުރާމައިގައި އިސްރާއީލުން ކުރިއަށްގެންދާ ހަނގުރާމައިގެ ޖަރީމާތައް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައި.ސީ.ސީ)އިން ކުރިއަށްގެންދިއުން ހުއްޓުވަން އިސްރާއީލުންކުރި މަސައްކަތް ނާކާމިޔާބުވެއްޖެއެވެ.

މިހާރު 70،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ދެ އަހަރުވީ ޣައްޒާ ހަނގުރާމައިގައި ފަލަސްތީން ނަސްލު ނައްތައިލަން އިސްރާއީލުން ކުރަމުންގެންދާ ހަނގުރާމައިގައި ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކުރަން އައި.ސީ.ސީން ފެށުމުން އިސްރާއީލުންވަނީ ގާނޫނީ ގޮތުން އެ ކަމަށް ގޮންޖަހައިފައެވެ. ނަމަވެސް އައި.ސީ.ސީގެ އިސްތިއުނާފު ފަނޑިޔާރުން އިއްޔެ ނިންމީ ޣައްޒާގައި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކުރުން ކުރިއަށްގެންދާށެވެ.

"މި ތަހުގީގަކީ ގާނޫނީ ހައިސިއްޔަތު ލިބިގެންވާ ތަހުގީގެއް،" އައި.ސީ.ސީގެ ފަނޑިޔާރަކު ބުންޏެވެ.

އިސްރާއީލުން އަބަދުވެސް ބުނަމުންގެންދިޔައީ އައި.ސީ.ސީއަކީ ބައިނަލްއަގުވާމީ ގޮތުން ގާނޫނީ ހައިސިއްޔަތެއް ނެތް ކޯޓެއް ކަމަށެވެ.

އައި.ސީ.ސީން މި ގޮތަށް ނިންމުމުން ހަނގުރާމައިގެ ޖަރީމާ ހިންގުމުގެ ތުހުމަތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޮއަވް ގެލަންޓް ހައްޔަރުކުރަން ނެރުނު އަމުރުގެ ގާނޫނީ ހައިސިއްޔަތު ވެސް ދެމެހެއްޓުނީއެވެ.

އިސްރާއީލުން އަދިވެސް ބުނަމުންދަނީ ޣައްޒާ ހަނގުރާމައިގައި ހަނގުރާމައިގެ ޖަރީމާ ނުހިންގާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް