Support Us

ޕާކިސްތާންގެ އެފް-16 ޖެޓްތައް އަޕްގްރޭޑްކުރަން އެމެރިކާއިންވާ އެހީއަކީ އިންޑިއާއަށް ދޭ މެސެޖެއް

ޕާކިސްތާންގެ ވައިގެ ސިފައިން ބޭނުންކުރާ އެފް-16 ޖެޓްތައް އަޕްގްރޭޑްކުރުމަށް އެމެރިކާ ސަރުކާރުން 686 މިލިއަން ޑޮލަރު (10 ބިލިއަން ރުފިޔާ) ދޭން ނިންމައިފިއެވެ. މި ކަން މިހާރު އޮތީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރާ މަރުހަލާގައެވެ.

ސިޔާސީ ތަޖުރިބާކާރުން ބުނީ އެމެރިކާގެ މި އެހީއަކީ "އިންޑިއާއަށް ދޭ މެސެޖެއް" ކަމަށެވެ. އޭގެ ތެރޭގައި ދެކުނު އޭޝިއާގެ ކަންތައްތައް ނިންމަން އެމެރިކާއިން އިންޑިއާއަށް ފުރިހަމައަށް ބަރޯސާނުވާކަން އިންޑިއާއަށް އެންގުން ހިމެނެއެވެ. އަދި މި އަހަރު ކުރީކޮޅު ޕާކިސްތާނާއި އިންޑިއާއާ ދެމެދު ހިނގި ފަސް ދުވަހުގެ ހަމަނުޖެހުންތައް ފަދަ އިތުރު މައްސަލަތަކަށް އިންޑިއާއިން މަގުފަހި ނުކުރުމަށް ބާރުއެޅުން ހިމެނެއެވެ.

"މިއީ އަހަރެމެންގެ ހާރިޖީ ސިޔާސަތު ނަގަހައްޓައި، ގައުމީ ސަލާމަތީ އަމާޒުތަކަށް ވާސިލުވާނެ ޑީލެއް. އެއީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރެވޭނެތީ،" އެމެރިކާގެ އޮފިޝަލަކު ބުންޏެވެ.

މިއީ ފަހުގެ ތާރީހެއްގައި ޕާކިސްތާންގެ ސަލާމަތަށް އެމެރިކާއިން އެންމެ ފުޅާ ދާއިރާއެއްގައި ވުމަށް ނިންމި އެހީއެވެ.

ބައެއް ފަރާތްތަކުން ބުނީ މިއީ ދެކުނު އޭޝިއާގެ ނިއުކްލިއަ ދެ ބާރުކަމަށްވާ އިންޑިއާ އާއި ޕާކިސްތާންގެ ދެމެދުގައި ބާރު ބެހިފައިވާ ގޮތް ބެލެންސްކުރެވޭނެ އެހީއެއް ކަމަށެވެ.

"މި އެހީގެ ސަބަބުން ސަރަހައްދުގެ އަސްކަރީ ބެލެންސަށް ބަދަލެއް ނައިސް އޮންނާނެ،" ސިޔާސީ ތަޖުރިބާކާރަކު ބުންޏެވެ.

އެފް-16 ޖެޓް އަޕްގްރޭޑްކުރަން ދޭ އެހީގެ ތެރޭގައި ހިމެނޭ ބައެއް ބައިތަކަކީ ސްޕެއާޕާޓް ފޯރުކޮށްދިނުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް