Support Us

ޣައްޒާގެ ރަފަހްގައި ސުންނާފަތިކޮށްލައިފައިވާ އިމާރާތްތަކެއް

އިސްރާއީލަށް ބައިނަލްއަގުވާމީ ޕްރެޝަރު އިތުރުކުރަން ހަމާސްއިން ގޮވައިލައިފި

މި ދިޔަ އޮކްޓޫބަރު 10 ގައި އެމެރިކާ އިސްވެ ހުރެގެން ގާއިމުކުރި ސުލްހައިގެ އެއްބަސްވުމަށް އިހްތިރާމް ކުރުވަން އިސްރާއީލަށް ބައިނަލްއަގުވާމީ ޕްރެޝަރު އިތުރުކުރަން ހަމާސްއިން ގޮވައިލައިފިއެވެ.

ހަމާސްގެ އޮފިޝަލެއް ކަމަށްވާ ހުސާމް ބަދްރާން ބުނީ ޣައްޒާ ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްބަސްވުމުގެ ހުރިހާ ނުކުތާއަކަށް އިސްރާއީލުން ބޯލެންބުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ބާރުއަޅަން ޖެހޭނެ ކަމަށެވެ.

"މުއާހަދާ މުގުރައިލަމުންދާހާ ހިނދަކު އެއްބަސްވުމުގެ ދެވަނަ މަރުހަލާ ތަންފީޒުކުރާކަށް ނުފެށޭނެ،" ހުސާމް ބުންޏެވެ.

މުއާހަދާ ގާއިމުކުރިތާ ދެ މަހެއްހާ ދުވަސްވީއިރު އިސްރާއީލުން މިހާތަނަށް އެ އެއްބަސްވުމާ 738 ފަހަރު ހިލާފުވެފައިވާ ކަމަށް ހަމާސްއިން ބުންޏެވެ. މި ކަމުގެ ސަބަބުން 377 މީހުން ޝަހީދުވެ، 987 މީހުން ޒަހަމްވެފައިވާ ކަމަށް ހަމާސްއިން ބުންޏެވެ.

"ސުލްހައިގެ ކުރިމަގު އޮތީ ކިހިނެތް ކަމެއް ނޭނގޭ،" ހަމާސްގެ އޮފިޝަލަކު ބުންޏެވެ.

ދެ އަހަރު ވީ ޣައްޒާ ހަނގުރާމައިގައި މިހާތަނަށް 70،000 މީހުން ޝަހީދުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް