Support Us

އިންޑިގޯ ފްލައިޓެއް ކެންސަލްވުމުން ދަތުރުވެރިންތަކެއް ބެންގަލޫރު އެއާޕޯޓްގައި ތާށިވެފައި

އިންޑިއާގެ އެންމެ ބޮޑު އެއާލައިން އިންޑިގޯއިން ފްލައިޓް ކެންސަލްކުރުން ކުރިއަށް

އިންޑިއާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިންޑިގޯއިން މި ދިޔަ ހަފުތާއިން ފެށިގެން 2،000 ފްލައިޓް ކެންސަލްކޮށްފައިވާއިރު ފްލައިޓް ކެންސަލު ކުރުން އަދިވެސް ކުރިއަށްގެންދާ ގޮތަށް ނިންމައިފިއެވެ.

ބައިނަލްއަގުވާމީ ދަތުރުތައް ވެސް ކުރާ އަދި އިންޑިއާގެ ޑޮމެސްޓިކް މާކެޓްގެ 64 ޕަސެންޓް ކޮންޓްރޯލްކުރާ އިންޑިގޯއިން އިއްޔެވެސް ފްލައިޓްތައް ކެންސަލްކުރިއިރު ދުވާލަކު 2،200 ފްލައިޓް އިންޑިއާގެ އެތެރޭގައި އިންޑިގޯއިން އޮޕަރޭޓް ކުރެއެވެ. އެ ގޮތުން ވެރިރަށް ދިއްލީ، މުމްބާއީ، ބެންގަލޫރު އަދި ހައިދަރުއާބާދު ފަދަ މުހިންމު ހަބްތަކަށް ދަތުރުކުރާ ފްލައިޓްތައް ކެންސަލް ކުރަން ފެށުމުން އެތައް ހާސް ބަޔަކު ވަނީ އެއާޕޯޓްތަކުގައި ތާށިވެ، ނުފުރިފައެވެ.

ފަސިންޖަރަކު ބުނީ ޓްރާންސިޓް ފަސިންޖަރުން ތިބީ ހާސްކަމެއްގެ ތެރޭގައި ކަމަށެވެ.

"މުޅި އެއާޕޯޓް ވަނީ ހާސްކަމެއްގެ ތެރޭގައި. އިންޑިގޯއިން އެއްވެސް އިއުލާނެއް ވެސް ނުކުރޭ، އެއްވެސް އެހީއެއް ވެސް ނުދޭ، ބޯޑިން ގޭޓްތައް ވެސް ހުރީ ބަންދުކޮށްފައި،" އޭނާ ބުންޏެވެ.

ބެންގަލޫރު އެއާޕޯޓްގައި ހުންނަ އިންޑިގޯ އެއާލައިންގެ ޓިކެޓް ވިއްކާ ކައުންޓަރުތައް ދޮށަށް މީހުން އެއްވެފައި

އިންޑިއާގެ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާ، ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އެވިއޭޝަން (ޑީ.ޖީ.ސީ.އޭ)އިން ވަނީ އިންޑިގޯ ފްލައިޓްތައް ކެންސަލް ކުރުމުގެ ސަބަބުތައް އަންގަން އިންޑިގޯއަށް އަމުރުކޮށްފައެވެ.

އިންޑިގޯއިން ބުނީ ފްލައިޓްތައް ކެންސަލް ކުރުމުގައި އެތައް ސަބަބުތަކެއް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ޕައިލެޓުން އަރާމުކުރާ ގޮތުގެ ގަވައިދުތަކަށް ދާދި ފަހުން ގެނައި ބަދަލުތަކާއި ޓެކްނިކަލް މައްސަލަތަކާއި އަދި ހަރީފު މޫސުމުގެ ކާރޫބާރޫ ހިމެނޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް