Support Us

ޓެލިޕޮޓް ރުކުގެ މާ، މި ޖީލަށް ދެން ނުފެންނާނެ

ޓެލިޕޮޓް އަކީ އުމުރުން 80 ވަރަކަށް އަހަރު ދިރިހުންނަ އަދި މުޅި އުމުރުގައި އެންމެ ފަހަރަކު މާ ފޮޅޭ ރުކެކެވެ. އަވަށްޓެރި ސްރީ ލަންކާ އަދި އިންޑިއާއިން ހަމައެކަނި ފެންނަ މި ޓެލިޕޮޓްތަކަކީ 1960 ގެ އަހަރުތަކުގައި މަޝްހޫރު އާރުކާޓީއެއް ކަމަށްވާ ރޮބާޓޯ ބާލް މާކްސް ބްރެޒިލްގެ ވެރިރަށް ރިއޯ ޑި ޖަނޭރޯގައި އިންދި ރުށްތަކެކެވެ. އެހެންކަމުން މި ރުށްތަކުގައި މާ ފޮޅުނީ 60 ވަރަކަށް އަހަރު ތެރޭގައެވެ.

މާތައް ހުންނަނީ ފަންތަކުގެ މަތިން ގަސްގަނޑުގައި ފަންތަކެއްގެ ސިފައިގައެވެ. ކުލައަކީ ކްރީމް އާއި ހުދު ކުލަ އެއްކޮށްލީމައި ހުންނަ ކަހަލަ ކުލައެކެވެ.

މާތަކުގެ ފޮޓޯ ނެގި ސިވިލް އިންޖިނޭރު ވިނިސިއަސް ވަންނީ ބުނީ އޭނާގެ ހަޔާތުގައި ދެން މި މަންޒަރު ނުފެންނާނެ ކަމަށެވެ.

"އެކަމަކު އަންނަން އޮތް ޖީލުތަކަށް ފެންނާނެ،" އޭނާ ބުންޏެވެ.

ބަޔޮލޮޖީ އިލްމްވެރިޔާ އެލައިން ސާވެޑްރާ ބުނީ މިއީ ހަމައެކަނި މަންޒަރު ރީތިވުމަށްވުރެ މާނަ ފުން ކަމެއް ކަމަށެވެ.

"ޓެލިޕޮޓް ރުކުން ދައްކައިދެނީ ޚުދު އަހަރެމެން އިންސާނުންގެ ވެސް ހަޔާތް ކުރުކަން. އެހެނީ މި އިން ރުކެއްގެ އުމުރަކީ ގާތްގަނޑަކަށް އިންސާނެއްގެ ވެސް އުމުރު،" އޭނާ ބުންޏެވެ.

މާތައް ފޮޅުނު މަންޒަރު ފެނިފައި ރިއޯގެ ރަށްވެހިން ބުނަނީ "އެންމެ މުސްކުޅި ގަސްތައް ވެސް އަހަރެމެންނަށް ސަޕްރައިޒެއް ދީފި" ކަމަށެވެ.

"އެކަމަކު އެއީ ހަމަ އެންމެ ފަހަރަކު،" ވެރިރަށުގެ ރަށްވެއްސަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *