ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕުޓިން އިންޑިއާއަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ރަސްމީ ދަތުރުގެ ސަބަބުން ދުނިޔޭގައި ބާރު ބެހިފައިވާ ގޮތުގެ ނިޒާމު ބަދަލުކޮށްލާނެ ކަމަށް ހުޅަނގުގެ ގައުމުތަކުން ބުނެފިއެވެ.
ޕުޓިން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު މާދަމާ ރަސްމީ ވާހަކަތައް ބާއްވަވަން ހަމަޖައްސަވައިފައެވެ.
ދުނިޔޭގައި ބާރު ބެހިފައިވާ ގޮތުގެ ނިޒާމު ބަދަލުކޮށްލާނީ ހަކަތަ އާއި ވިޔަފާރި އަދި ދިފާއީ ދާއިރާއިން ރަޝިޔާ އާއި އިންޑިއާއިން އެއްބަސްވުންތަކެއްގައި ސޮއި ކުރުމުން ކަމަށް ހުޅަނގުގެ ލީޑަރުން ބުންޏެވެ.
"ދުނިޔޭގެ ހަމަޖެހުން އެފުށް މިފުށަށް ޖެހޭނެ،" ހުޅަނގުގެ ޑިޕްލޮމެޓަކު ބުންޏެވެ.
ޕުޓިންގެ ދަތުރުގެ ސަބަބުން އިންޑިއާ އާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ގޯސްވެދާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ މޯދީއާ ކުރީއްސުރެ ވެސް ޕުޓިންއާ ގާތް ގުޅުމެއް އޮވެފައި، ޔޫކްރެއިން ހަނގުރާމައިގައި އިންޑިއާއިން ރަޝިޔާ ކޮޅަށް ޖެހިދާނެތީއެވެ. މިހެންވެ ރަޝިޔާއާއެކު ތިން ދާއިރާއިން އެއްބަސްވުމަކަށް އިންޑިއާއިން އަންނަން ހުޅަނގުގެ ގައުމުތަކުން ބޭނުމެއް ނުވެއެވެ.



advertisment