Support Us

އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓެމިލް ނާޑޫގައި "ދީތުވާ" ތޫފާންގެ ސަބަބުން ފެންބޮޑުވެފައި

"ދީތުވާ" ތޫފާންގައި އިންޑިއާގައި 3 މަރު

ލަންކާގައި 334 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ގެއްލުނު "ދީތުވާ" ތޫފާން މިހާރު އިންޑިއާގެ ދެކުނަށް ފޯރައި، ޓެމިލް ނާޑޫ ސްޓޭޓްގައި ތިން މީހުން މަރުވެއްޖެއެވެ.

"އެ ތިން މީހުން މަރުވީ ވާރެއާ ގުޅޭ ހާދިސާތަކެއްގައި،" އޮފިޝަލަކު ބުންޏެވެ.

އެކަކު މަރުވީ ވެއްޓުނު ފާރެއް ދަށުވެއެވެ. އަދި 20 އަހަރުގެ ޒުވާނަކު މަރުވީ ކަރަންޓްގައި ޖެހިގެންނެވެ. މީގެ އިތުރުން އުމުރުން 22 އަހަރުގެ އަންހެނަކު މަރުވީ އޭނާގެ ގެ ވެއްޓުމުން އޭގެ ދަށުވެއެވެ.

ފެންބޮޑުވުމުގެ ސަބަބުން 200 އަށްވުރެ ގިނަ ގެއާއި ގާތްގަނޑަކަށް 56،000 ހެކްޓަރުގެ ގޮވާން ދަނޑު ވަނީ ހަލާކުވެފައެވެ.

ކަމާ ބެހޭ އިދާރާތަކުން ވަނީ މީހުން ސަލާމަތް ކުރުމަށް 38 ޓީމު އެކުލަވައިލައިފައެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ވަގުތީ ކޭމްޕްތަކެއް ގާއިމުކޮށްފައެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި ދީތުވާގެ ބާރު ކެނޑުނަސް މޫސުން މުޅިން އަލިވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

"ޓެމިލް ނާޑޫ އާއި އަންދްރަ ޕްރަދޭޝް ސްޓޭޓަށް ވެސް ވާރޭ ވެހޭލެއް މަޑުވަމުން ދާނެ. ނަމަވެސް ދެތިން ދުވަހަކަށް އައްސޭރިފަށު ސަރަހައްދުތަކަށް ވާރޭ ވެހޭނެތީ ވިއްސާރަ އަލިވަންދެން ތައްޔާރީ ހާލަތެއްގައި އެންމެން ތިބުމަށް ގޮވައިލަން،" އޮފިޝަލަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް