Support Us

ގިނަ އަދަދަކަށް ކުޑަކުދިން މަރައިލި މިނިކާ ކުއްތާތަކެއް ޑްރޯންގެ އެހީގައި ވެސް އަދިވެސް ނުފެނޭ

ވޭތުވެދިޔަ ހަފުތާތަކުގައި އިންޑިއާގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއެކު ނުވަ މީހުން މަރައިލި މިނިކާ ކުއްތާތަކެއް ނުވަތަ "ވުލްފް"ތަކެއް ޑްރޯޏްގެ އެހީގައި ވެސް އަދިވެސް ނުފެނެއެވެ.

އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ބަހްރައިޗް ޑިސްޓްރިކްޓްގައި މި ދިޔަ ހޮނިހިރު ދުވަހު ވެސް ވަނީ މަންމައެއްގެ ގާތުގައި ނިދަން އޮތް 10 މަހުގެ އަންހެން ކުއްޖަކު ޖަހައިގަނެގެން ގެންގޮސްފައެވެ. އެ ކުއްޖާ ފަހުން ފެނުނުއިރު އޮތީ މަރައިލައިފައެވެ.

އޭގެ ކުރިން ހުކުރު ދުވަހު ވަނީ ފަސް އަހަރުގެ ފިރިހެން ކުއްޖަކު ބިންމަތީގައި ދަމައިފައި ގެންގޮސްފައެވެ. އޭނާ ފަހުން ފެނުނީ އުއްދަނޑި ދަނޑެއްގައި، ޒަހަމްތަކާއެކު މަރުވެފައި އޮއްވައެވެ.

"މި މިނިކާ ކުއްތާތައް މިހާރު ވަނީ އަހަރެމެންގެ ރޭތައް ބިރުވެރި ހުވަފެންތަކަކަށް ބަދަލުކޮށްލައިފައި،" ބަހްރައިޗް ޑިސްޓްރިކްޓްގެ ވިލެޖެއްގެ މީހަކު ބުންޏެވެ.

ޖަންގަލިތައް ބަލަހައްޓާ އޮފިޝަލުން ބުނީ މިހާރު ވެސް ގިނަ އަދަދެއްގެ މިނިކާ ކުއްތާތަކެއް ހިފިއްޖެ ކަމަށެވެ.

"ޑްރޯން އާއި ކެމެރާ ބޭނުންކޮށްގެން ބާކީ ތިބި މިނިކާ ކުއްތާތައް ހިފައި ބަހްރައިޗް ޑިސްޓްރިކްޓަށް ސަލާމަތްތެރިކަން ގެންނާނަން،" އޮފިޝަލަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *