Support Us

އިނގިރޭސި ވިލާތުގައި ފަރުވާ ދެމުންދާ ޣައްޒާ ކުދިންނާ ވިލިއަމް ބައްދަލުކުރައްވައިފި

ދެ އަހަރުވީ ޣައްޒާ ހަނގުރާމައިގައި ޒަހަމްވެގެން އިނގިރޭސި ވިލާތުގައި ފަރުވާ ދެމުންދާ ޣައްޒާގެ ކުދިންނާ، ވަލީ އަހުދު ޝެހެޒާދު ވިލިއަމް އަމިއްލަ ގޮތުން ބައްދަލުކުރައްވައިފިއެވެ.

މި ޒިޔާރަތުގައި، އެ ކުދިންނާއި އެ ކުދިންގެ އާއިލާއިން ދެއްކި ހިތްވަރުން ވިލިއަމަށް "ފުން އަސަރެއް ކުރުވި" ކަމަށް، ވިލިއަމްގެ ކެންސިންޓަން ގަނޑުވަރުގެ ތަރުޖަމާނަކު އިއްޔެ ބުންޏެވެ.

"ޝެހެޒާދު ވިލިއަމް ބޭނުންވެ ވަޑައިގަތީ ކުޑަ ވަގުތުކޮޅެއްގެ ނަމަވެސް ހިތްހަމަޖެހުމެއް އެ ކުދިންނަށް ފޯރުކޮށްދޭން. އެ ކުދިން ވަނީ ކުޑަކުދިން ދުވަހެއްގައި ވެސް ތަހައްމަލު ކުރަން ނުޖެހޭ ފަދަ ތަޖުރިބާތަކެއް ކޮށްފައި،" ތަރުޖަމާނު ބުންޏެވެ.

ޣައްޒާއިން އިނގިރޭސި ވިލާތަށް މި ކުދިން ގެނައީ ސްޕެޝަލިސްޓުން ލައްވައި ފަރުވާ ކުރުމަށެވެ. އެ ގޮތުން ވިލިއަމް ވަނީ އިނގިރޭސި ވިލާތުގެ ރަސްމީ ސިއްހީ އިދާރާގެ މުވައްޒަފުންނަށް ތައުރީފު ކުރައްވައިފައެވެ. އެއީ މި ދަތި ދަނޑިވަޅުގައި ވެސް އެ ކުދިންނަށް އާދަޔާހިލާފަށް ރަނގަޅަށް ފަރުވާ ދެމުންދާތީ ކަމަށް ގަނޑުވަރުން ބުންޏެވެ.

މި ދިޔަ މަހު 21 އާ ހަމައަށް، ހާއްސަ ފަރުވާ ދިނުމަށް ޣައްޒާގެ ގާތްގަނޑަކަށް 50 ކުދިން ވަނީ އިނގިރޭސި ވިލާތަށް ގެނެސްފައެވެ.

ވިލިއަމްގެ މި ޒިޔާރަތަކީ ހަމަނުޖެހުންތަކުގެ ޝިކާރައަކަށްވާ ކުދިންނަށް ހިތްވަރު ދެއްވުމުގެ ގޮތުން ކުރެއްވި ޒިޔާރަތެއް ކަމަށް ގަނޑުވަރުން ބުންޏެވެ. އަދި މިއީ މި ފަދަ ކުދިންގެ އާއިލާތަކުން، ދުރުން ނަމަވެސް ފަރުވާ ހޯދުމަށް މަސައްކަތްކުރާ ކުރުން ބަލައިގަންނަވާކަން ހާމަކުރެއްވުމަށް ކުރެއްވި ޒިޔާރަތެއް ކަމަށް ވެސް ގަނޑުވަރުން ބުންޏެވެ.

ޣައްޒާ ހަނގުރާމައިގައި މިހާތަނަށް 70،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް