Support Us

އިންޑޮނޭޝިއާގެ އަޗޭ ޕްރޮވިންސްގައި ފެންބޮޑުވި ސަރަހައްދެއް

އިންޑޮނޭޝިއާގެ ފެންބޮޑުވުމުގައި މަރުވި މީހުންގެ އަދަދު 442 އަށް

އިންޑޮނޭޝިއާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންދިއުމުގެ ކާރިސާތަކުގައި މަރުވި މީހުންގެ އަދަދު 442 އަށް އަރައިފިއެވެ.

"އިތުރު 402 މީހުން ވަނީ ގެއްލިފައި،" ކާރިސާތައް ބަލަހައްޓާ ގައުމީ އިދާރާގެ އޮފިޝަލަކު ބުންޏެވެ.

ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެކަހެރިވެފައިވާ ސަރަހައްދުތަކަށް ސަލާމަތީ ޓީމުތައް ފޯރައިތޯ އަދިވެސް ދަނީ މަސައްކަތް ކުރަމުން ކަމަށް އޭނާ ބުންޏެވެ.

ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ކާރިސާތަކުގެ އަސަރު އެންމެ ބޮޑަށް ކުރި ސުމަޓްރާ ޖަޒީރާގައި އަދިވެސް އެތައް ބަޔަކު ތިބީ ތާށިވެފައެވެ. އެ ގޮތުން އެ ޖަޒީރާގެ އެތައް ބަޔަކަށް ވަނީ ބޯފެނާއި ކާބޯތަކެތި ހޯދުމުގެ ދަތިކަމާ ކުރިމަތިލާން ޖެހިފައެވެ.

"އެކަހެރިވެފައިވުމުގެ ސަބަބުން ދެ ސިޓީއެއް ކަމަށްވާ ޓަޕަނުލި އަދި ސިބޮލްގާއަށް ވަނީ ހާއްސަ ސަމާލުކަމެއް ދޭން ޖެހިފައި،" ކާރިސާތައް ބަލަހައްޓާ ގައުމީ އިދާރާގެ ވެރިޔާ ސުހަރްޔަންޓޯ ބުންޏެވެ.

މޫސުން އަދިވެސް ތަންނުދޭތީ އާއި ހަލާކުވެފައިވާ މަގުތަކުގެ ސަބަބުން އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް ވަނީ ހުރަސްއެޅިފައެވެ.

"އެކަހެރި ސަރަހައްދުތަކަށް ސަލާމަތީ ޓީމުތަކަށް ދެވުމުން މަރުވި މީހުންގެ އަސްލު އަދަދު އެނގޭނީ،" އޮފިޝަލަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް