Support Us

ކޮޅުނބުގެ އަވަށެއް ކަމަށްވާ ވެއްލަމްޕިޓިޔަގައި މީހަކު އޭނާގެ ފެންބޮޑުވެފައިވާ ގެއިން މުދާ ސަލާމަތްކުރަނީ

ލަންކާ ތޫފާންގައި 334 މަރު، ގައުމުގައި ކުއްލި ހާލަތު

އަވަށްޓެރި ޝްރީ ލަންކާއަށް އެރި ތޫފާން "ދީތުވާ"ގެ ސަބަބުން 334 މީހުން މަރުވެ، ގައުމުގައި ކުއްލި ހާލަތު ރައީސް އަނުރަ ކުމަރަ ޑިސަނަޔަކަ އިއުލާން ކުރައްވައިފިއެވެ.

ގާތްގަނޑަކަށް 400 އަށްވުރެ ގިނަ މީހުން ގެއްލިފައިވާއިރު ބައެއް އަވަށްތައް ވަނީ އެއްކޮށް ކިސަޑު ދަށުގައި ފޮރުވިފައެވެ.

ސަރުކާރުން މިހާރު ވަނީ ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީއަށް އެދިފައެވެ.

ގާތްގަނޑަކަށް 20،000 އަށްވުރެ ގިނަ ގެދޮރު ހަލާކުވުމުން 122،000 މީހުން މިހާރު ހިމާޔަތް ހޯދައިގެން ތިބީ ވަގުތީ ހިޔާތަކުގައެވެ.

ކޮޅުނބުގެ އަވަށެއް ކަމަށްވާ ކަޑުވެލަގައި ފެންބޮޑުވެފައި

"މީގެ އިތުރުން 833،000 މީހުންނަށް ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައި،" އޮފިޝަލަކު ބުންޏެވެ.

ސަލާމަތީ ބާރުތައް ކަމަށްވާ ފުލުހުންނާއި އަސްކަރިއްޔާ އަދި ވައިގެ ސިފައިންގެ ތެރެއިން 24،000 އޮފިސަރުން ދަނީ ފެންބޮޑުވެފައިވާ ހިސާބުތަކުގައި ތާށިވެފައިވާ އާއިލާތަކާ ހިސާބަށް ދެވޭތޯ މަސައްކަތް ކުރަމުންނެވެ. އެއީ ބިންގަނޑު ކަނޑައިގެންދިއުން ފަދަ ހާދިސާތަކުން މަގުތައް ވެސް ބަންދުވެފައިވާތީއެވެ.

މި ގަރުނުގައި ލަންކާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ފެންބޮޑުވުމުގެ ކާރިސާ ހިނގީ 2003 ގެ ޖޫންގައެވެ. އެ ފަހަރު 254 މީހުން މަރުވިއެވެ.

ދަނޑުވެރިކަމަށާއި ކަރަންޓު އުފައްދަން ލަންކާގައި ބަރޯސާވަނީ މޫސުމީ ވާރޭއަށެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުގެ ސަބަބުން ލަންކާގެ މޫސުމީ ވާރޭގައި ގައުމުގައި ފެންބޮޑުވުމުގެ މައްސަލަ ކުރިމަގުގައި ގިނަވާނެކަމަށް ސައިންސްވެރިން އިންޒާރުދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް