Support Us

އެންމެ ބޮޑަށް ގެއްލުން ލިބުނު ސޮންގްކްލާ ޕްރޮވިންސްގައި ގެދޮރަށާއި ދުއްވާ އެއްޗެއްސަށް ގެއްލުން ލިބިފައި

ތައިލެންޑްގެ ފެންބޮޑުވުމުގައި 145 މަރު

ތައިލެންޑްގެ ފެންބޮޑުވުން މިހާރު ހިނދެން ފަށައިފައިވާއިރު މަރުވި މީހުންގެ އަދަދު 145 އަށްވުރެ ގިނަކަން ހާމަވެއްޖެއެވެ.

އޮފިޝަލަކު ބުނީ 12 ޕްރޮވިންސްގައި ފެންބޮޑުވިއިރު 1.2 މިލިއަން ގެދޮރަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

"މި ކަމުގެ ނޭދެވޭ އަސަރު 3.6 މިލިއަން މީހުންނަށް ކޮށްފައިވޭ،" އޭނާ ބުންޏެވެ.

ސަރުކާރުގެ ތަރުޖަމާނު ސިރިޕޮންގް އަންގްކަސަކުލްކިއަޓު ބުނީ މަރުވި މީހުންގެ ހަށިގަނޑުތައް އަދިވެސް ފެންނަމުންދާ ކަމަށެވެ.

"ހާއްސަކޮށް ސޮންގްކްލާ ޕްރޮވިންސުން. އެންމެ ބޮޑު ގެއްލުމެއް ލިބުނީ އެ ތަނަށް،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިރިޕޮންގް ބުންޏެވެ.

އޭނާ ބުނީ މިހާރު ފެންގަނޑު ހިނދެން ފަށައިފައިވާތީ މީހުން ސަލާމަތްކުރަން ފަސޭހަވެފައިވާ ކަމަށެވެ.

މީހުން ސަލާމަތް ކުރުމުގައި މަސައްކަތް ކުރާ ޓީމްތަކުން ވަނީ އެތައް ހާސް ބަޔަކު ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްދީފައެވެ. އަދި ކުއްލި އެހީ ދިނުމުގެ އިތުރުން ވަގުތީ ބޯހިޔާވަހިކަން ވެސް ފޯރުކޮށްދީފައެވެ.

"ކުރިން ނުދެވޭ ސަރަހައްދުތަކަށް ދާން ފުރުސަތު ލިބުމުން އެނގޭނީ މަރުވި މީހުންގެ އަސްލު އަދަދު،" މީހުން ސަލާމަތް ކުރުމުގައި މަސައްކަތްކުރާ އޮފިޝަލަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *