Support Us

ސާރިދޯޅަކާއި އެ ސޮރުގެ ދެ ދަރިން ޖަޕާންގައި މަގެއް ހުރަސްކުރަނީ

ސާރިދޯޅެއް ފާހާނާއަކަށް ވަދެ މީހަކަށް ހަމަލާދީފި

އާއްމު ފާހާނާއަކަށް ސާރިދޯޅެއް ވަދެ ފާހާނާ ކުރަން އިން މީހަކަށް ޖަޕާނުގައި ހަމަލާދީފިއެވެ.

އުމުރުން 69 އަހަރުގެ ސެކިއުރިޓީ ގާޑަށް ހުކުރު ދުވަހު ހަމަލާ ދިން ނަމަވެސް، ޒަހަމްތަކަކާއެކު އޭނާ ސަލާމަތްވިއެވެ.

ސާރިދޯޅު ހަމަލާއަކީ އާއްމު ކަމެއް ނަމަވެސް މި ގޮތަށް ފާހާނާއަކަށް ވަދެ ހަމަލާ ދިނުން މިއީ އެ ގައުމުގައި ހައިވާނެއްގެ ފަރާތުން ފެނުނު އެންމެ އާދަޔާ ހިލާފު އެއް އަމަލު ކަމަށް ޖަޕާންގެ މީޑިއާތަކުން ބުންޏެވެ.

ވެރިރަށް ޓޯކިޔޯގެ އުތުރުން އޮންނަ ރޭލު ސްޓޭޝަނެއް ކައިރީގައި ދިން ހަމަލާގެ ސަބަބުން އެ މީހާގެ ބުރަކަށްޓާއި ފައި ވަނީ ޒަހަމްވެފައެވެ.

"އޭނާއަށް އިހްސާސް ކުރެވުނީ އެއްޗެއް އޭނާގެ ބުރަކަށީގައި ޖެހިހެން،" އޮފިޝަލަކު ބުންޏެވެ.

ހަމަލާ ދިނުމަށްފަހު ސާރިދޯޅު ވަނީ ފިލައިގެން ގޮސްފައެވެ.

މި އަހަރަކީ ސާރިދޯޅުގެ ހަމަލާތައް ޖަޕާންގައި ގިނަ އަހަރެކެވެ.

"ޖަންގަލިތައް ނެތް ހިސާބުތަކުގައި އުޅޭ މީހުން ވެސް ސަމާލުވެ ތިބުމަށް ގޮވައިލަން،" ކަމާ ބެހޭ އިދާރާއެއްގެ އޮފިޝަލަކު ބުންޏެވެ.

އޭނާ ބުނީ ޖަންގަލިތަކުން ލިބޭ ކާބޯތަކެތި މަދުވާން ފަށައިފައިވާތީ ސާރިދޯޅުތައް މިހާރު އިންސާނުން ދިރިއުޅޭ ހިސާބުތަކަށް ވެސް އަންނަން ފެށީ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *