Support Us

އަށް ޓަވަރުގެ ތެރެއިން ހަތް ޓަވަރުގައި ރޯވި

ހޮންކޮންގްގެ ހައުސިން ޓަވަރުތަކެއްގައި ރޯވެ 94 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ގެއްލިއްޖެ

ހޮންކޮންގްގެ ހައުސިން ޓަވަރުތަކެއްގައި ރޯވެ 94 މަރުވިއިރު އެތައް ސަތޭކަ ބަޔަކަށް ވީ ގޮތެއް ނޭނގޭ ކަމަށް ރަސްމީ އިދާރާތަކުން ބުނެފިއެވެ.

ޓައި ޕޮއި ޑިސްޓްރިކްޓްގެ ވަންގް ފުކް ކޯޓްގެ އަށް ޓަވަރުގެ ތެރެއިން ހަތް ޓަވަރުގައި ރޯވި ކަމަށާއި ހުޅުގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް އެ އިދާރާތަކުން އިއްޔެ ބުންޏެވެ.

އެހާ ފަސޭހައިން އަލިފާން ފެތުރުނީ ބެމްބޫ އޮނުން ސްކެފޯލްޑިން ހަދާފައި ހުރުމާއި އަލިފާން ހިފާ ޒާތުގެ މައުދަންތަކުން އިމާރާތުގެ ބޭރު ހަދައިފައިވާތީއެވެ.

"މެއިންޓެނަންސްއާ ހަވާލުވެހުރި އިމާރާތުގެ މަސައްކަތްކުރާ ތިން މީހަކު ހައްޔަރުކޮށްފިން،" އޮފިޝަލަކު ބުންޏެވެ.

ޓަވަރުތަކުން އަލިފާން ކޮންޓްރޯލް ކުރެވި މިހާރު ދަނީ ދުން އަރަމުން

އިމާރާތުގައި އުޅުނު އަންހެނެއްގެ ގާތް މީހަކު ކަމަށްވާ ލޯރަންސް ލީ ބުނީ އެ އަންހެންމީހާ އޭނާއަށް ފޯނުން މައުލޫމާތު ދިން ގޮތުގައި ކޮރިޑޯތަކާއި ސިޑިގޮޅިތައް ދުމުން ފުރުމުގެ ސަބަބުން އެ އަންހެންމީހާއަށް ޖެހުނީ އަނބުރާ ފްލެޓަށް ވަންނާށެވެ.

ޓަވަރުތަކުން އަދިވެސް ދުން އަރަމުންދެއެވެ. ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *