ހަ ހަފުތާ ކުރިން ގާއިމު ކުރި ސުލްހައިގެ މުއާހަދާގައި އެއްބަސްވެފައިވާ އިން ފަހަނަޅައި އިސްރާއީލުން ދިން ހަމަލާތަކެއްގައި ޣައްޒާގައި ހަތަރު މީހުން ޝަހީދުވެއްޖެއެވެ.
އިއްޔެގެ މި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އިރުމަތީ އަވަށްތައް ނިޒާމެއްގެ ދަށުން ސުންނާފަތިކޮށްލައިފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކުރިއެވެ. އަދި ޣައްޒާ ސިޓީގައި ކުޑަކުއްޖެއް ވެސް މަރުވިއެވެ.
"ޔެލޯ ލައިން" ނުވަތަ "ރީނދޫ ރޮނގު"ގެ ނަން ދީފައިވާ މި އިން ހުރަސްކޮށް އިސްރާއީލުން މިހާރު ހިފައިފައިވާ ބަނީ ސުހައިލާ ކިޔާ ޓައުނެއްގައި ޑްރޯނެއްގެ ޝިކާރައަކަށް ވެސް މީހަކު ވެފައިވެއެވެ.
"ހަތިޔާރު ނެތް ތަނަކަށް ހަދަން މި ސަރަހައްދަށް އިސްރާއީލުން ހަމަލާ ދިނުމުން މި ތަންތަންވެފައިވަނީ އިންސާނުންނަށް ދިރިނޫޅެވޭނެ ފަދަ ތަންތަނަށް،" އެ ހިސާބުގައި ދިރިއުޅޭ އާއިލާއެއްގެ މީހަކު ބުންޏެވެ.
ދެ އަހަރު ވީ ޣައްޒާ ހަނގުރާމައިގައި މިހާތަނަށް 67،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.



advertisment