Support Us

ޕާކިސްތާންގެ ހަމަލާގައި އަންހެނަކާއި 9 ކުދިން މަރު: އަފްޣާނިސްތާން

އާއްމު މީހެއްގެ ގެއަށް ޕާކިސްތާނުން ރޭ ދަންވަރު ދިން ހަމަލާއެއްގެ ސަބަބުން ނުވަ ކުޑަކުދިންނާއި އަންހެނަކު މަރުވެފައިވާ ކަމަށް އަފްޣާނިސްތާނުން މިއަދު ބުނެފިއެވެ.

"ވިލާޔަތު ޚާން ނަމަކަށް ކިޔާ މީހެއްގެ ގެއަށް ހަމަލާ ދިނީ. ގެ ވަނީ އެއްކޮށް ހަލާކުވެފައި،" އަފްޣާނިސްތާންގެ ސަރުކާރާ ހަވާލުވެގެން ހުރި ތޯލިބާން ޖަމާއަތުގެ ތަރުޖަމާނު ޒާބިހުﷲ މުޖާހިދު ބުންޏެވެ.

ވިލާޔަތު އުޅެނީ ގުރްބުޒް ޑިސްޓްރިކްޓްގައެވެ. އެއީ ދެކުނުއިރުމަތީ ޚޫސްތު ޕްރޮވިންސްގައެވެ.

ޒާބިހުﷲ ބުނީ ކޫނާރު ޕްރޮވިންސާއި ޕަކްޓިކާ ޕްރޮވިންސަށް ވެސް ދިން ހަމަލާތަކެއްގައި މަދުވެގެން އާއްމުންގެ ހަތަރު މީހުން ޒަހަމްވި ކަމަށެވެ.

އޭނާ ބުނީ މިއީ އަފްޣާނިސްތާންގެ އިސްތިގުލާލަށް ޕާކިސްތާނުން އިހްތިރާމް ނުކުރާކަން ދޭހަވި ހަމަލާތަކެއް ކަމަށެވެ.

"އަހަރެމެންގެ ރައްޔިތުން ދިފާއުކުރުމަކީ އަހަރެމެންނަށް ވެސް އޮތް ހައްގެއް. ރަނގަޅު ވަގުތުގައި އެކަށީގެންވާ ރައްދެއް ދޭނަން،" ޒާބިހުﷲ ބުންޏެވެ.

އަފްޣާނިސްތާންގެ މި ތުހުމަތުތަކަށް ޕާކިސްތާނުން އަދި ވަކި ޖަވާބެއް ނުދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *