Support Us

ޓްރަމްޕް ބްރެޒިލުން ޑިއުޓީ ކަނޑައިލުމުން ދުނިޔޭގައި ކޮފީގެ އަގު ކުއްލިއަކަށް ވެއްޓިއްޖެ

މި ޒަމާނުގައި ގިނަ ބަޔަކު ކޮފީ ބުއިމަށް ދެވިހިފައިފައި ވާއިރު މިއީ އެ މީހުންނަށް ރަނގަޅު ހަބަރަކަށް ވެދާނެއެވެ.

ބްރެޒިލްގެ ގޮވާމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 40 ޕަސެންޓުން އިއްޔެ ޑިއުޓީ ކަނޑައިލެއްވުމުން ދުނިޔޭގެ ބާޒާރުގައި ކޮފީގެ އަގު އިސާހިތަކު ދަށަށް ހިނގައްޖެއެވެ.

ޓްރަމްޕް މި ގޮތަށް ނިންމެވުމާ ގުޅިގެން ބްރެޒިލްގެ ކޮފީއަށް އޮތް ޑިމާންޑް މިހާރު ވަނީ ބޮޑު ތަނުން ދަށަށް ގޮސް، ދުނިޔޭގައި ކޮފީގެ އަގު 4.4 ދަށަށް ގޮސްފައެވެ. އެއީ ކުރިން ހަ ޕަސެންޓު ދަށަށް ގޮސްފައިވަނިކޮށެވެ.

"މި ކަމުގެ ސަބަބުން ބްރެޒިލްގެ ކޮފީގެ ކުރިމަގު ބަނަވާނެ،" ވިޔަފާރިވެރިޔަކު ބުންޏެވެ.

ޔޫރަޕްގެ ވިޔަފާރިވެރިޔަކު ބުނީ މާކެޓްތަކަށް ޓްރަމްޕްގެ ނިންމެވުން "ހަޖަމު ކުރަން އިތުރު ވަގުތު ބޭނުންވާނެ" ކަމަށެވެ.

ޓްރަމްޕްގެ ނިންމެވުން އައިސްފައި މި ވަނީ އެމެރިކާގައި ކާބޯތަކެތީގެ އަގު މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. އެ ގޮތުން ކޮފީ ރީޓޭލްކޮށް ވިއްކާ އަގު ވަނީ އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 40 ޕަސެންޓް މައްޗަށް ގޮސްފައެވެ. އެމެރިކާގެ ބާޒާރަށް ވިއްކާ ކޮފީގެ ތިންބައިކުޅަ އެއްބައި އުފައްދަނީ ބްރެޒިލުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *