Support Us

އިސްރާއީލުގެ ހަމަލާއެއްގައި ޒަހަމްވި ކުޑަކުދިންތަކެއް ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލުން ފަރުވާ ހޯދަނީ

ގޮވާތަކެތީގެ ޝިކާރައަކަށް 12،000 ކުދިން، ސިއްސުވައިލާ ރެކޯޑެއް

ގޮވާތަކެތީގެ ސަބަބުން މި ދިޔަ އަހަރު 12،000 ކުޑަކުދިން މަރުވެ ނުވަތަ ޒަހަމްވެފައިވާ ކަމަށާއި މިއީ ރެކޯޑެއް ކަމަށް، މީހުން ސިއްސުވައިލައި ފަދަ އާ ރިޕޯޓަކުން ހާމަވެއްޖެއެވެ.

"ކުޑަކުދިން ކުޅޭ ޕާކުތައް މިހާރު ބަދަލުވަމުންދަނީ މަރުގެ މައިދާންތަކަކަށް،" ކުޑަކުދިންގެ ދުޅަހެޔޮކަން ރައްކާތެރި ކުރަން ދުނިޔޭގައި އުފެއްދި ފުރަތަމަ ޖަމިއްޔާ، ސޭވް ދަ ޗިލްރަން (ކުޑަކުދިން ރައްކާތެރިކުރޭ)އިން ބުންޏެވެ.

މަރުވި ކުދިންގެ ތެރެއިން ގާތްގަނޑަކަށް 70 ޕަސެންޓް މަރުވީ ބޮމާއި މިސައިލާއި އަދި އެހެނިހެން ގޮވާތަކެތިންނެވެ.

ރިޕޯޓުން ހާމަވަނީ އިންސާނުން އުޅޭ ޒަމާނީ މާހައުލު ނުވަތަ އާބަން ތަންތަނުގައި ހިނގާ ހަނގުރާމަތަކުގެ ސަބަބުން މަރުވަމުންދާ ކުޑަކުދިންގެ އަދަދު އިތުރުވަމުންދާ ކަމެވެ. އޭގެ ތެރޭގައި ޣައްޒާ، ޔޫކްރެއިން މިޔަންމާ، ސޫދާން އަދި ސޫރިޔާ ވަކިން ހާއްސަކޮށް ފާހަގަކޮށްފައިވެއެވެ.

ޣައްޒާގައި ސުލްހައިގެ މުއާހަދާއެއް ގާއިމު ކުރި ނަމަވެސް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޒަހަމްވި ކުޑަކުދިންނާއި ބޮޑެތި މީހުން ހޮސްޕިޓަލަކަށް ވަންނަނީ އަދި ސޭވް ދަ ޗިލްރަން ޖަމިއްޔާގެ ނަރްމިނާ ޝްޓްރިޝެނެޓްސް (ވަކި ފޮޓޯގައި)

"ކުޑަކުދިން ނިދައި، ކުޅެ އުޅޭ އަދި ކިޔަވާ ތަންތަނަށް މިސައިލްތައް ވެއްޓެނީ. ރައްކާތެރިކަން އެންމެ ޔަގީންކަން އޮންނަ ތަންތަން އެ ބަދަލުވަނީ މަރުގެ ކޮށިތަކަކަށް،" ހިލޭސާބަހަށް މަސައްކަތްކުރާ އެ ޖަމިއްޔާގެ އިންސާނީ ކަންތައްތަކާ ބެހޭ އިސް މުސްތަޝާރު ނަރްމިނާ ޝްޓްރިޝެނެޓްސް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *