ތިބާއަށް އުފާވެރިކަން ލިއްބައިދޭނީ އެހެން މީހުން ކަމަށް ހީނުކުރައިށެވެ. ތިބާގެ އުފާވެރިކަން ދެމެހެއްޓޭނީ ތިބާގެ ނަފުސަށް ފަރުވާކުރުމަށް ތިބާ ކުރާ މަސައްކަތަކުންނެވެ.
މި ބަލައިލަނީ ތިބާގެ އާއްމު ހާލަތުގެ ދުޅަހެޔޮކަން ދެމެހެއްޓޭނެ ހަތް ގޮތަށެވެ. އެއީ:
- ކަސްރަތުކުރާށެވެ. އެއް ކިލޯމީޓަރު (ބައި މޭލު)އަށް ނަމަވެސް ހިނގަން ފަށާށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހިނގާ ދުރުމިން މަޑުމަޑުން އިތުރުކުރާށެވެ. ކޮންމެ ދުވަހަކީ ވެސް ކޮންމެވެސް ގޮތަކަށް ހަރަކާތްތެރިކަމެއް ގެންގުޅޭ ދުވަހަކަށް ހަދާށެވެ.
- ބޭރުން ކެއުމަށް ހަރަދުނުކުރައިށެވެ. ހާއްސަކޮށް ކޮފީ ބުއިމަށެވެ. އަމިއްލައަށް ކައްކައިގެން އެ ކެއުން ކާށެވެ. ކާނީ ވެސް އާދައިގެ ކެއުންތަކެވެ.
- ހިނިތުންވާށެވެ. މޫނުމަތީގައި އަބަދުވެސް ހިނިތުންވެރިކަން ބަހައްޓާށެވެ.
- ފެން ބޯށެވެ.
- ފޯނަށް އަންނަ ނޮޓިފިކޭޝަންތައް ނާންނަ ގޮތަށް ހަދާށެވެ. އެއީ ފޭސްބުކް، ޓްވިޓާ (މިހާރުގެ އެކްސް)، އިންސްޓަގްރާމް އަދި ވަޓްސްއެޕް ވިޔަސްމެއެވެ.
- ކޮންމެ ދުވަހެއް ވެސް ހޭދަކުރަންވާނީ އެ ދުވަހެއްގެ ކަންތައްތަކަށް ސަމާލުކަންދީގެންނެވެ. ހެނދުނު ތެދުވެފައި އެ ދުވަހަކު އެންމެ ރަނގަޅަށް ކުރެވޭނެ ކަންތައްތައް ރާވާލައިށެވެ. އަދި އެ ކަންތައްތައް ތަންފީޒު ކުރަމުންގެންދާށެވެ.
- ތިބާއަށް ލިބިފައިވާ އެއްޗެއްސާއި ކަންތައްތަކަށް ޝުކުރުވެރިވާށެވެ. އަދި ނެތް އެއްޗެއްސާއި ނެތް ކަންތައްތަކާމެދު ޝަކުވާ ނުކުރާށެވެ.
މި ހަތް ކަންތަކަށް ބަލައިލުމުން ލިބެނީ ކޮން ފިލާވަޅެއް ހެއްޔެވެ؟ އާނއެކެވެ. އެއް ޖުމްލައިން ބުނާ ނަމަ އެ ފިލާވަޅަކީ މިއެވެ: ތިބާގެ އުފާވެރިކަން ދެމެހެއްޓުމުގެ ޒިންމާވަނީ ހަމައެކަނި ތިބާގެ އަތުގައެވެ.
- ތަރުޖަމާއެއް
