އުމުރުން ދުވަސް ވިޔަސް ބައެއް މީހުން އެކަނިހަށްޓަށް އުޅެން ބޭނުންވަނީ ކީއްވެ ހެއްޔެވެ؟ އަލުން ކައިވެނި ނުކޮށެވެ. އެއީ އެ މީހުންގެ މިނިވަންކަމުގެ އަގުވަޒަން ކުރެވޭތީ ހެއްޔެވެ؟
އަހަރެންގެ އުމުރަކީ 82 އެވެ. އަހަރެންގެ ހާލަތު ނިޔާކުރި ގޮތުން އަހަރެންގެ އުމުރުން 40 ގެ މެދުތެރޭ އަހަރުތަކުގެ ތެރޭގައި އަހަރެން އެކަނިވެރި ބަފައަކަށްވިއެވެ. އެއިރު އަހަރެންގެ އެއް އަންހެން ދަރިފުޅަށް ހަތް އަހަރެވެ. އަނެކަކަށް ހަތަރެކެވެ.
އަހަރެން އުޅުނީ ގުދުރަތީ ކަންތައްތަކަށް ޝައުގުވެރި މީހެއްގެ ގޮތުގައެވެ. ފަންނުވެރިކަމާއި އަމިއްލަ މިނިވަންކަމަށް ލޯބިކުރީމެވެ. މާއްދިއްޔަތާއި އިޖުތިމާ ދިރިއުޅުމާ ދުރުވެ ހުރެއެވެ.
އަހަރެންގެ އުމުރުން 70 ގެ އަހަރުތަކަށް އެޅުމުގެ ކުރިން އަހަރެންގެ ދެ ދަރިން އެ މީހުންގެ އަމިއްލަ ދިރިއުޅުމެއް ފެށިއެވެ. ނަމަވެސް އެއީ އަހަރެންގެ ބޭނުމެއް ނެތި އަހަރެން "އެއްލައިލައިފައެއް" ނޫނެވެ.
ހަގީގަތުގައި އަހަރެންގެ ހަގު ދަރިފުޅު ބޭނުންވީ އަލުން އެނބުރި ކިޔެވުމައިގެން މަސްއޫލުވާށެވެ. އަދި އަހަރެން ނިންމީ އޭނާއަށް އެހީވާށެވެ.
އަހަރެންގެ ފަރާތުން މާ ބޮޑު އެހީތެރިކަމެއް ނެތި ވެސް، އެ މީހުން އަމިއްލައަށް ވެސް ރަނގަޅު ދިރިއުޅުމެއް ހޯދިއެވެ.
ދެ ދަރިން ވެސް މިހާރު ވަނީ ޒަވާޖީ ހަޔާތެއް ފަށައިފައެވެ. އެކަމަކު އަހަރެންނަކީ އަދިވެސް އެކަނިވެރި ބަފައެކެވެ.
އަދި އެ މީހުންނާ އަހަރެންނާ އޮންނަ ގުޅުން އަދިވެސް ބަދަހިއެވެ.
އަހަރެންގެ އުމުރުން 78 އަހަރުގައި ރިޓަޔާކޮށްފައި އަހަރެން ބަދަލުވީ (އެމެރިކާގެ ސްޓޭޓެއް ކަމަށްވާ) އެރިޒޯނާއަށެވެ. އަހަރެންނާއެކު ނޫޅުނަސް އެ ދެބެއިން ވެސް އެރިޒޯނާއަށް ބަދަލުވީ ދެބެއިން އެކުގައި އުޅުމަށާއި އެ ސްޓޭޓަށް ސްނޯ ނުފައިބައިތީއެވެ.
އަހަރެން އެކަނިވެރިވެއްޖެކަން އިހުސާސް ކުރެވެން ދުވަސްކޮޅެއް ނެގިއެވެ. އެހެން މީހަކަށް ޖަވާބުދާރީ ނުވެ، އަދި އެހެން މީހެއްގެ ހައްގުގައި ނޫން ގޮތަކަށް، އަހަރެންގެ އަމިއްލަ ނަފުސަށްޓަކައި، އަހަރެން ބޮޑަށް ކުރަން ބޭނުންވާ ކަންތައްތައް ކުރުމައިގެން ކުރިއަށް ދިއުމުގެ އިހްސާސް އަހަރެން ރިޓަޔާކުރުމާ ގުޅުވައިލީމެވެ.
އަހަރެން މިހާރު އާ ރަހްމަތްތެރިން ހޯދައިފީމެވެ. އެ ގުޅުންތަކުގެ އަގުވަޒަން ކުރަމެވެ. ނަމަވެސް އަލުން ކައިވެނި ކުރާކަށް މިހާރު ބޭނުމެއް ނޫނެވެ. އެ ކަމުގައި ހަތަރު ސަބަބެއްވެއެވެ. އެއް ސަބަބަކީ އެކަނިވެރި ބަފައެއްގެ ގޮތުގައި އުޅުނުއިރު ނުކުރެވުނު ކަންތައްތަކަށް ވަގުތު ދިނުމެވެ. އަނެއް ސަބަބަކީ އާ ޒަވާޖީ ހަޔާތަކަށް ބޭނުންވާނެ އަދި ދޭންޖެހޭނެ ސަމާލުކަން އަހަރެންނަށް ނުދެވޭނެތީއެވެ. ތިންވަނަ ސަބަބަކީ އެކަނިހަށްޓަށް އުޅުމަށް އަހަރެން އުފާކުރާތީއެވެ. ރަހްމަތްތެރިންނާއި އާއިލާ މެންބަރުންނާ ވީހާ ވެސް ގިނައިން ބައްދަލުކުރުމަށެވެ. ހަތަރުވަނަ ސަބަބަކީ އެކަނިހަށްޓަށް ހުރެގެން އަހަރެން ކުރާހިތްވާ ކަންތައްތައް ކުރުމަށް ބޭނުންވާތީއެވެ.
