ފިރިހެނަކާމެދު މީހަކަށް ރުހެވެނީ ހަމައެކަނި ސިފަ ރީތިވުމަކުން ނޫނެވެ. އެ މީހާ ކަންތައްތައް ކުރާ ގޮތާއި ވިސްނާ ގޮތާއި އަދި އޭނާގެ އަމިއްލަ ނަފުސާއި އެހެން މީހުންނާ ދޭތެރޭ ކަންތައްތައް ކުރާ ގޮތަކީ ވެސް އޭނާއާމެދު މީހުން ރުހުމާއި ނުރުހުން ގުޅިފައިވާ މުހިންމު ސިފަތަކެވެ.
މި ބަލައިލަނީ މި މޭރުމުން ފިރިހެނެއް ކަމުނުދާ އަސާސީ 10 ސިފައަށެވެ. އެއީ:
- އަމިއްލަ ނަފުސާމެދު އޮންނަ އިތުބާރު ކުޑަވުން.
- ގައިންތާހިރުވުމަށް ފަރުވާ ކުޑަކުރުން.
- އަނެކާއަށް އިހްތިރާމް ނުކުރުމާއި އަމިއްލަ މޮޅުކަން އިސްކުރުން.
- ކޮންމެ ކަމަކާމެދު ވެސް ނުބައިކޮށް ވިސްނުން.
- ދިރިއުޅުމުގައި ކުރިއަށް ދިއުމުގެ އަމާޒުތަކެއް ނެތުން.
- ދޮގުހެދުމުގެ އިތުރުން ތެދުވެރިކަމާއި އިހްލާސްތެރިކަމެއް ނެތުން.
- މުއާމަލާތް ކުރުމުގެ އުކުޅުތައް ނެތުން.
- އަމިއްލަ ފައިމައްޗަށް ނުތެދުވެވޭ ވަރަށް އަނެކާއަށް ބަރޯސާވެގެން އުޅުން.
- ކާމިޔާބު ލިބުމުން ބޮޑާވެ ކިބުރުވެރިވުން.
- ހަމްދަރުދީ ވާން ނޭނގުމާއި ޖަޒުބާތުތައް ބަލަހައްޓަން ނޭނގުން.
ފިރިހެނުންގެ ކަމުދާ ސިފަތަކަކީ އަމިއްލަ ނަފުސަށް އިތުބާރު ކުރަން އެނގުމާއި އަނެކާއަށް އިހްތިރާމް ކުރުމުގެ ސިފަ ހުރުމާއި ޖަޒުބާތުތައް ރަނގަޅަށް ގެންގުޅެން އެނގުމެވެ. ހަމައެކަނި މީހާގެ ސިފަ ރީތިވުމަކުން ނުފުދެއެވެ.
- ތަރުޖަމާއެއް
