ދެ ދަތުރުވެރިން، އަދި ބައެއް ރިވާޔަތްތަކުގައި، ކުޑަ ދެ ފިރިހެން ރަހްމަތްތެރިން ކަމަށް ބުނެވޭ، ފޭބަލް ނުވަތަ ހައިވާނުން އެކުލެވޭ ސުލޫކީ ވާހަކައެއްގައި، ދެ މީހުން އެކުގައި މަގެއްގެ މަތިން ހިނގަމުން ދަނިކޮށް، ކުއްލިއަކަށް އެ ތަނަށް ސާރިދޯޅެއް ފާޅުވިއެވެ.
އެ ސޮރުގެ ނަޒަރަށް އެ ދެ މީހުން ނާރަނީސް، އެ ތަނުން އެކަކު ދުވެފައި ގޮސް މަގުގެ މަގަތުގައި ހުރި ގަހަކަށް އަރައި، ގޮފިތަކުގެ ނިވަލުގައި ފިލައިފިއެވެ.
އަނެކަކު އޭނާގެ އެކުވެރިޔާހާ ހަލުއި ނޫން ކަމުން، ނުވަތަ އަނެއް ކުޑަ ދެ ކުދިން ހިމެނޭ ރިވާޔަތުގައި، ގަހަށް ނޭރިގެން، އަދި އޭނާއަށް ސަލާމަތްވެވޭން ނެތުމުން، އޭނާ ބިންމައްޗަށް ވެއްޓި ގަނެ އަދި މަރުވެފައި އޮތް ކަމަށް ހެދިގަތެވެ.
ސާރިދޯޅު އެ ތަނަށް އައެވެ. އަދި އޭނާގެ ވަށައިގެން ވަސްގަތެވެ. އެކަމަކު އޭނާ ފުރިހަމައަށް މަޑުމަޑުން އޮތެވެ. އަދި، މާ ގިނަ އިރު ނޭވާ ހިފަހައްޓައިލައި މަރާ ކުރިމަތިލާން ޖެހުނަސް، އެންމެ ފަހު ވަގުތާ ޖެހެން ދެން ވެސް، ނޭވާ ހިފަހައްޓައިލިއެވެ: އެހެނީ ބުނެވޭ ގޮތުގައި ސާރިދޯޅެއް މުޅަ މަސްގަނޑެއްގައި ނުބީހޭނޭނެ ކަމަށްވާތީއެވެ.
އޭނާއަކީ މަރުވެފައިވާ ގަބުރެއް ކަމަށް ސާރިދޯޅަށް، ކުށް ހީއެއް ގޮތަށް އިހްސާސް ކުރެވިފައި، އެ ތަނުން ދުރަށް ދިޔައެވެ.
އައްސޭރި އަމާން ވުމުން ގަހަށް އަރައި އޮތް ދަތުރުވެރިޔާ ފައިބައި، އަދި އަނެކާގެ ގާތުގައި އެހީ، އޭނާގެ ކަންފަތުގައި ސާރިދޯޅުގެ އަނގަ ޖައްސައިފައި، ސިއްރިޔާތުގައި، އެހެން މީހަކަށް އުނދަގޫ ނުވާނެ ބީދައިން، ވައި އަޑަކުން މަޑުމަޑުން ބުނެލީ ކީކޭތޯއެވެ.
އަނެކާ ޖަވާބު ދިނެވެ:
"އޭނާ އަހަރެންގެ ގާތުގައި ބުނީ، ކަނޑައެޅިގެން ހާމަވާ ނުރައްކަލުގެ ފުރަތަމަ ނިޝާނާއެކު، ފަސް އެނބުރި އައުމުގެ ނިޔަތެއް ނެތި، އެއްލައިލައިފައި ދާ ރަހްމަތްތެރިޔަކާއެކު ދެން ފަހަރެއްގައި ވެސް ދަތުރު ނުކުރުމަށެވެ."
މި ކުރު ވާހަކައިން ނެނގިދާނެ، އިބުރަތްތެރި ތަފާތު ދެ މާނައެއް ނުވަތަ ލިބިދާނެ ތަފާތު ދެ ފިލާވަޅު:
ހ – ރަހްމަތްތެރިކަމުގެ އިހްލާސްތެރިކަން އިމްތިހާން ކުރަނީ ބަދުނަސީބާއި ނަސީބު ދެރަ ހާލަތްތަކުންނެވެ. ފުރަތަމަ ނެނގިދާނެ މާނައަކީ، ސާރިދޯޅަށް ވާހަކަ ނުދެއްކޭނެކަން އެނގި ހުރެމެ ވެސް، ގަހަށް އެރި ރަހްމަތްތެރިޔާ އެހެން އެހުމުން، އެ ކަމުގެ މުނާފިގުކަން ދެކެފައި، ބިންމައްޗަށް ވެއްޓިގަތް ރަހްމަތްތެރިޔާ އެ ހެދި ސީދާ ދޮގަކީ، ތިމަންނަގެ ފުރާނައަށްޓަކައި ގުރުބާންވާން ތައްޔާރަށް ހުރިކަމުގެ ހިތްވަރެއް ނެތް ފަދަ ފިނޑިކަމެއް ހުރި މީހަކާއެކު، ހަޔާތުގެ ގޮތްނޭނގޭ، ފުރާނައަށް ނުރައްކާވެދާނެ ފަދަ އަޑިގުޑަންތައް ހުރަސް ކުރާނެ، އަދި އަހަރެންނާއެކު އެ މަރުވެދާނެ ފަދަ ދަތުރެއްގައި ބައިވެރިކުރެވޭނެކަމުގެ ޔަގީންކަމާއެކު އިތުބާރު ނުހިފޭނެ ރަހްމަތްތެރިޔަކު، ބިންމައްޗަށް ވެއްޓިގަތް ރަހްމަތްތެރިޔާގެ ބައިވެރިއެއްގެ ގޮތުގައި، ފަހަރުގައި، މަޖާޒީ ގޮތުން ވިޔަސް، އަދި މާނަވީ ގޮތުން ވެސް ހަޔާތުގެ އެ ރޫހާނީ ދަތުރުގައި، އެ ފަދަ އިހްލާސްތެރިކަމެއް ނެތް މީހަކު ބައިވެރިކުރުމުގެ ބޭނުމެއް ނެތްކަން އަންގައި، ހަޔާތުގެ ބާކީ ބައި ހޭދަކުރުން ބުއްދިވެރީ އަދި މައުނަވީ ކަމަކަށްވާނީ، އަނެކާގެ ފުރާނައަށްޓަކައި ތިބާ ގުރުބާންވާން، ހަމައެކަނި ހިތުގައި ނިޔަތް ގަތުމުގެ ބަދަލުގައި، ޚުދު އެ ކަން ކުރާ މީހަކު ލިބުމުންކަން، ނުސީދާކޮށް ނަމަވެސް ސީދާކޮށް، ގަހުގައި ފިލި ދަތުރުވެރިޔާއަށް އަންގައިލުމެވެ.
ށ – ކުޑަ ދެ ކުދިން ހިމެނޭ ރިވާޔަތުގައި ބެލެވެނީ، ބައެއް ފަހަރަށް ބިރުކުޑަ ރަހްމަތްތެރިޔާ ބިރުކަނޑުވަލައިފައި، ބިރުގަންނަ ރަހްމަތްތެރިޔާ ސަލާމަތްކުރަން، ޔައުނީ ސާރިދޯޅު ފެންނައިރަށް ގަހަށް އަރަން ފުރުސަތު ދިނުމަށް، ބިރުކުޑަ ރަހްމަތްތެރިޔާ، އެއްވެސް ޖެހިލުމެއް ނެތި، ނިދާކަމަށް ހެދިފައި، ގަސްދޮށުގައި ހަމަޖެހިލައިގެން، ސާރިދޯޅަށް އޮޅޭނެކަން އެނގޭނެތީ ހަމަޖެހިލައިގެން އޮވެއެވެ. ނަމަވެސް ބިރުގަންނަ ރަހްމަތްތެރިޔާއަށް، މި އުކުޅު ކުރިން ނޭނގި އޮތުން އެކަށީގެންވެއެވެ. ސަބަބަކީ، ބިރުގަންނަ ރަހްމަތްތެރިޔާއަށް މި ފަދަ ކަމެއް ކުރިން ތަޖުރިބާ ކުރެވިފައި ނެތުމުންނެވެ. ނަމަވެސް ބިރުގަންނަ ރަހްމަތްތެރިޔާގެ ރަހްމަތްތެރިކަމާއި އެކުވެރިކަން ވަރުގަދަކަމުން، އެ ކަން ހަމަހަމަކަމާއެކު ބަލައިގަންނަކަން ދެއްކުމަށްޓަކައި، ސާރިދޯޅެއް އައުން ފަދަ ކަމެއް ކުރިމަތިވެދާނެކަން ކުރިން ބުނަން ނޭނގުނަސް، ކުރިން ލިބިފައި ހުރި މައުލޫމާތަކަށް އިތުބާރުކޮށްފައި، މި ފަދަ ހާލަތެއް ދިމާވުމުން، އޭނާ މަރުވެ ނެތި ފަނާވެގެން ދިޔަސް، އޭނާ ހަމައެކަނި ގުރުބާން ވާން ތައްޔާރަށް ހުރި ކަން ދައްކަނީއެއް ނޫން ނަމަވެސް، އެ ކަން ސީދާ ކުރަނީކަން ދައްކައި، އަދި އެހެންކަމުން، އޭނާއަށް ލިބުނު މައުލޫމާތު ގޯހަސް، އަދި މިހެންވެ ފަހުން ގެއްލުމެއް ލިބުނަސް، އޭނާ ހުރިހާ މާނައެއްގައި، އެ ވަނީ، ހަގީގަތުގައި ގުރުބާންވެފައެވެ. ހިތުން، ގަސްދުން، ވިސްނުމުން، އަދި އަމަލުންނެވެ. މިއަށްވުރެ ވަކި މަތިވެރި އަދި މާތް ގުރުބާނީއެއް، އިންސާނަކަށް ވިޔަސް، އަދި ހަގީގަތުގައި އެ އިންސާނާގެ އަސާސްކަމުގައިވާ އޭނާގެ ރޫހު ނުވަތަ ފުރާނައަކަށް ވެސް، ނުވެވޭނެއެވެ.
ނޯޓް: މިއީ އީސާގެފާނުގެ ހަ ގަރުނުގެ ކުރިން ގްރީސްގައި އުޅުނު ކަމަށް ބެލެވޭ، ހައިވާނުންގެ ދިރިއުޅުމުން އިބުރަތްތެރި ވާހަކަތައް ކިޔައިދޭ އީސޮޕްގެ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ.



advertisment