ރޭގައި އަހަރެންނަށް ބޭއިހުތިޔާރުގައި ފެންފުޅިއެއް ހުޅުވައިފައި ބޭއްވުނެވެ. ހެނދުނު ވީއިރު އެތައް ދޮޅަހެއްގެ ކަނޑާ ވަނީ އޭގެ ތެރެއަށް ވެއްޓިފައެވެ.
ފެންމަތީގައި އެ ސޮރުމެން ތިބީ ތުރުތުރުލާލައެވެ. ފުރަތަމަ ބަލައިލުމުން ހީވީ ވިއްސިވިހައިލި ވެފައިވާ ހެންނެވެ. ކޮންމެ ކަނޑައެއް ހީވީ ދިރިހުރުމަށް ހަނގުރާމަ ކުރަމުން ދިޔަހެންނެވެ. އަހަރެންނަށް ހީކުރެވުނީ އެ ސޮރުމެންނަށް ކެތްނުކުރެވޭ ފަދަ ބިރުވެރިކަމެއްގައި ޣަރަގުވަމުންދަނީ ކަމަށެވެ. ސިކުނޑިއަށް އުނދަގޫ ވެފައިވާ ހާލު އަހަރެން އެ ތަނުން ދުރަށް ދިޔައިމެވެ.
އެކަމަކު ގަޑިއިރުތަކެއްގެ ފަހުން އަހަރެން އަލުން ބަލައިލީމެވެ. އަދި އަހަރެން ގަނޑުވިއެވެ.
ކަނޑާތައް އަދިވެސް ދިރިތިއްބެވެ. އެ ސޮރުމެން ވަނީ "ދިރިހުރި ޕިރަމިޑެއް" ހަދައިފައެވެ. މާނައީ އެކަތި އަނެކަތި މައްޗަށް އަރައި، ތިރިއަށް ބަރުކޮށް، އަދި މައްޗަށް ލުއިކޮށް ހުންނަ ގޮތަށް، ފެންމަތީގައި ތިބެވޭނެ ގޮތަށެވެ. ތިރީގައި ތިބި ކަނޑާތައް މަތީގައި ތިބި ކަނޑާތައް އުފުލައިގެންނެވެ. އަދި ދެން ވަރުބަލިވުމުން ކަންނޭނގެއެވެ؛ ވަރަށް ހަމަޖެހިލައިގެން ތިބެ އެއް ކަނޑާ އަނެއް ކަނޑާގެ މަގާމު ބަދަލުކޮށްލައެވެ.
އެ ސޮރުމެންގައި "ޕެނިކް" ނުވަތަ ކެތް ނުކުރެވޭ ފަދަ ބިރުވެރިކަމެއް ނެތެވެ. ތާށިވެފައިވާ އަނދަވަޅުން ސަލާމަތް ވުމަށް ގަދަކަމުން ތެޅިފޮޅިއެއް ނުގަނެއެވެ. އެއްވެސް އަމިއްލަ އެދުންވެރިކަމެއް ނެތެވެ. އެއްވެސް ކަނޑައެއް އެންމެ ފުރަތަމައިނުން އެ ސޮރު އަމިއްލައަށް ސަލާމަތް ވާކަށް ނޫޅެއެވެ. އެއްވެސް ވިސްނުމަކާ ނުލައި، ނުވަތަ "އިންސްޓިންކްޓު"ން، އަމިއްލަ ހިޔާލެއް ނެތި އެ ސޮރުމެން އައީ އެކަތި އަނެކައްޗަށް އެހީވަމުންނެވެ.
އެ ސޮރުމެން އައީ އަމިއްލަ އެދުމެއް ނެތް އަމިއްލަ ނަފުސުގެ ގުރުބާނީއެއް ވަމުންނެވެ. ގަސްދުގައި އަދި ވިސްނުންތެރިކަމާއެކު ނިންމި ނިންމުމެކެވެ. ނުރައްކާތެރި މަސައްކަތްތެރި މާހައުލެއްގައި ތިބެގެން، ޝުކުރުވެރިކަމެއް ނުލިބޭ، ސުލޫކީ މިންގަނޑެއްގައި ހިފަހައްޓައިގެން، އަނެކާއަށް ނޭވާލާނެ ޖާގަ ދިނުމަށްޓަކައެވެ.
މީގެ މިސާލުތަކަކީ:
- އެކުވެރިންނަށް އަރާމު ދިނުމަށްޓަކައި ސިފައިންގެ މީހަކު ނުރައްކާތެރި ހިސާބެއްގައި ހޭލައި ފޯރިއަށް ހުރުމެވެ.
- ދަރިންނަށް އިތުރު ރަނގަޅު ހަޔާތެއް އަދި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި މަޔަކު ނުވަތަ ބަފަޔަކު ނުވަތަ ބެލެނިވެރިޔަކު، ޖިސްމާނީ ގޮތުން ވަރުބަލިކޮށްލާ އެތައް ވަޒީފާއެއް ނުވަތަ މަސައްކަތެއް އެއްފަހަރާ ކުރުމުގެ ބުރަކަން ނެގުމެވެ.
- "ސޯޝަލް ޖަސްޓިސް" ނުވަތަ އިޖުތިމާއީ އަދާލަތަށް ވަކާލާތުކުރާ އެކްޓިވިސްޓަކު، ޒަމާންދުގެ "މައިނޯރިޓީ" ނުވަތަ އަޣުލަބިއްޔަތު ނެތް މުޖުތަމައުތަކުގެ "ހިއުމަން ރައިޓްސް" ނުވަތަ އަސާސީ އިންސާނީ ހައްގުތައް ނެގެހެއްޓުމަށްޓަކައި އަމިއްލަ ރީތި ނަމާއި ރައްކާތެރިކަމާއި އަދި މިނިވަންކަން ގުރުބާންކޮށްގެން ހަނގުރާމަ ކުރަމުން އަންނަ ފަރާތެކެވެ. މި ފަދަ އަސާސީ އިންސާނީ ހައްގުތަކުގެ ތެރޭގައި "ރޭސް" (ގުދުރަތީ ހަގީގަތެއް ނެތް ނަސްލީ ތަފާތުކުރުމެއް)، "ޖެންޑާ" (އެތައް ބަޔަކަށް ބެހިފައިވާ ޖިންސީ އައިޑެންޓިޓީތަކެއް)، "ރިލިޖަން" (ރޫހާނީ ގޮތުން އެކި މީހުން ގަބޫލުކުރާ ނަޒަރިއްޔާތުތަކެއް)، "ސެކްޝުއަލް އޮރިއެންޓޭޝަން"، "ޑިސްއެބިލިޓީ" (އެކި މީހުންނަށް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ލިބިފައިވާ އެ މީހަކަށް ހާއްސަ ހުނަރުތަކެއް)، ނުވަތަ "ސޯޝިއޯ-އިކޮނޮމިކް ސްޓޭޓަސް" (އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން އެ ފަރުދެއްގެ އެ ވަގުތުގެ ހާލަތު)އެވެ.
- އިންސާނިއްޔަތަށް ފައިދާކޮށްފާނެ އާ ހޯދުމެއް ހޯދުމަށް ނުރައްކާތެރި އަދި އެކަހެރި މާހައުލެއްގައި މަސައްކަތް ކުރާ ނުވަތަ ވަޒީފާ އަދާކުރާ ސައިންސްވެރިއެކެވެ.
- އެހެން މީހުންގެ ސުލްހަ ހިމާޔަތް ކުރުމަށްޓަކައި އާއިލާއެއްގެ ތެރޭގައި ފަރުދަކު އުފުލާ ދަތި އުނދަގޫ ޖަޒުބާތީ ބުރަކަމެއް ނުވަތަ ތަހައްމަލު ކުރަމުންދާ ދިގުދެމިގެންދާ އަރައިރުންވުމެއްގެ މިސާލެވެ.
އެހެން ގޮތަކަށް ބުނާ ނަމަ، މި މިސާލުގެ މައިގަނޑު އަސާސަކީ "ސެލްފްލެސް ސެކްރިފައިސް" ނުވަތަ އަމިއްލަ އެދުމެއް ނެތް ގުރުބާނީވުމެވެ. މާނައީ، އަނެކުންނަށް ޒިންމާ ނެގުމާއި އެ މީހުންނަށް އޮންނަ އަޅާލުމެއްގެ ފުން އިހުސާސެއްގެ ސަބަބުން، ބުއްދި ހަމަ ނުޖެހުމެއްގެ ތެރޭގެ ބަދަލުގައި އަމިއްލަ ގަސްދުގައި ދަތިތަކަށް ކެތްކުރާ މީހުންގެ މަސައްކަތް ފާހަގަ ކުރުމެކެވެ.
އަހަރެން މަޑުމަޑުން ސަމްސަލެއް ފުޅިތެރެއަށް ލީމެވެ. އެއާއެކު ކަނޑައަކަށް ފަހު ކަނޑައެއް ފުޅިތެރެއިން ނުކުތެވެ. އެކަމަކު އޭގެ ތެރެއިން އެންމެ ފަހު ކަނޑާ ސަލާމަތްވުމުގެ ތުންފަތްމަތީގައި ވަނިކޮށް، އެއް ކަނޑާ އަލުން ފެންގަނޑުގެ ތެރެއަށް ވެއްޓުނެވެ.
އަދި ދެން ވީ ހަނދާނުން ނުފިލާވަރުގެ ކަމެކެވެ: އެންމެ ފަހުން ސަލާމަތްވި ކަނޑާ އެނބުރިގަތެވެ. ފެންގަނޑު ތެރެއަށް އަމިއްލައަށް ވެއްޓިގަތެވެ. ކުރިން ވެއްޓުނު ކަނޑާގައި ހިފަހައްޓައިގަތެވެ. އަދި އަހަރެންގެ ކުޑަ އެހީތެރިކަމަކުން، އެ ހުރިހާ ކަނޑައެއް ސަލާމަތްވިއެވެ. ދިރިހުރުމުގައެވެ. އެއްބައިވަންތަކަމުގެ މަތީގައެވެ.
އަހަރެންނަށް ކޮޅަށް ހުރެވުނެވެ. ހުއްޓުން އަރައިފައެވެ. އެއްވެސް ފިލްމަކުން، މީހެއްގެ އެއްވެސް ބުނުމަކުން އެ ހިނދުކޮޅު އަހަރެންނަށް ގުޑުން އެރި ގޮތެއް އޭގެ ކުރިއަކުން އިހުސާސެއް ނުކުރެވެއެވެ. ސަބަބަކީ އިންސާނުންގެ ގޮތުގައި އަހަރެމެން ކުރާ ކަންތައްތައް، ކުދިކުދި ކަނޑާތަކަކަށް އަހަރެމެންނަށް ވުރެ ބޮޑަށް ވަފާތެރިކަމާއި ހިތްވަރާއި އެއްބައިވަންތަކަން ދެއްކޭ ނަމަ، އަހަރެމެން އިންސާނުންނާމެދު އެ ބުނެވެނީ ކީކޭ ހެއްޔެވެ؟
އެހީތެރިވާން އަހަރެމެން ހަނދާން ނެތެއެވެ. ސަލާމަތުން ހުރުމަށް މަސައްކަތް ކުރާ ފަރާތްތަކާ ދިމާއަށް އަހަރެމެން އެނބުރެނީ ނާދިރުކޮށެވެ. ސަލާމަތުން ހުރުމަށް އަހަރެމެން ވާދަ ޖަހަނީ އެކަނިހަށްޓަށެވެ. އެއީ ވަރުގަދަ ކަމެއް ކަމަށް ހީކޮށްގެންނެވެ.
އެކަމަކު ހަގީގީ ވަރުގަދަ ކަމަކީ؟ އެއީ އެކަކު އަނެކަކު ތަރައްގީ ކުރުމެވެ. އަދި ފަހަތަށް ޖެހޭ ފަރާތްތަކަށްޓަކައި އަނބުރާ ދިއުމެވެ.
ފަހަރެއްގައި… ހަމަ ފަހަރެއްގައި… ކުޑަ ކަނޑައެއްގެ ފަރާތުން އަހަރެމެން ކޮންމެވެސް ކަމެއް އެބަ ދަސްކުރަން ޖެހެއެވެ🐜.
* ތަރުޖަމާއެއް
