Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: މުސްކުޅިވުމުން އަންނަ ވިސްނުންތަކުގެ ތެރެއިން…

މި ބަލައިލަނީ މުސްކުޅިވުމުން ކުރެވޭ އިހުސާސްތަކާ ގުޅޭ ގޮތުން ބައެއް މަޝްހޫރު އަދި ކާކުކަން ނޭނގޭ މީހުން ވެސް ބުނެފައިވާ ބަސްކޮޅަކަށެވެ.

  • "ދިގު އުމުރެއް ވޭތުކުރުމުގެ ހިޔާލު އެންމެންނަށްމެ ކަމުދާއިރު، މުސްކުޅިވާކަށް އެކަކުވެސް ނޭދޭކަން އެއީ އަޖައިބެކެވެ." – އެންޑީ ރޫނީ
  • "މުސްކުޅިވާ ވަރަކަށް ހިތަށް އަރަނީ ކުރީގެ އަހަރެންނަކީ މާ ރަނގަޅު މީހެއް ކަމެވެ." – ލީ ޓްރެވައިނޯ
  • "ތިޔަ ބުނީ މި ތާނގައި ހުންނަން އެދެމޭ ހެއްޔެވެ؟ އަހަރެންގެ މި މުސްކުޅި އުމުރުގައި ނަމަ ކޮންމެ ތަނެއްގައި ހުރެވުމަކީ ވެސް އުފަލަކަށް ވާނެއެވެ." – ޖޯޖް ބާންސް
  • "އަހަރެންނަށް ތަޖުރިބާ ކުރެވިފައި ނުވާ ކަންތައްތަކުގެ ހަނދާންތައް މުސްކުޅިވާ ވަރަކަށް ގަދަވެއެވެ." – މާކް ޓްވެއިން
  • "ފުރަތަމަ ތިބާ ހަނދާން ނެތޭނީ މީހުންގެ ނަމަވެ؛ ދެން މޫނެވެ. ދެން ހަނދާން ނެތޭނީ ޒިބު ތިރިކޮށްފައި އެ މައްޗަށް ނަގައިށެއެވެ. އެއަށް ފަހު ދެން ޒިބު ތިރިކުރާށެވެ." – ލިއޯ ރޮސަންބާގް
  • "މުސްކުޅިވުމަކީ ތޫފާނެއްގެ ތެރެއިން މަތިންދާބޯޓެއްގައި އުދުހުން ފަދަ ކަމެކެވެ. ފްލައިޓަށް އެރުމަށް ފަހު ތިބާއަށް ކުރެވޭނެ ކަމެއް ދެން ނޯންނާނެއެވެ." – ގޯލްޑާ މެއާ
  • "ތިބާގެ ހަޔާތުގެ 90 ޕަސެންޓް ހޭދަކުރަނީ ދިގު އަރާމެއްގެ އިންތިޒާރުގައެވެ. އަދި ދެން ބާކީ އޮތް 10 ޕަސެންޓް ހޭދަކުރަނީ ތިބާ އަދި ވަރުބަލި ނުވާކަން މާތް ﷲ އަށް ޔަގީން ކޮށްދިނުމަށް މަސައްކަތް ކުރުމުގައެވެ." – ރޮބަޓް ބްރޯލްޓް
  • "މުސްކުޅި އުމުރުގައި މާމެލާމެލި ފެނުމުން ބިރުގަނެއެވެ." – ޖޯޖް ބާންސް
  • "އެންމެ ދަތި އުނދަގޫ އަހަރުތަކަކީ އުމުރުން 50 އާއި 70 އާ ދެމެދުއެވެ. ތިބާ ލައްވާ ކަންތައްތައް ކުރުވަން އުޅޭނެއެވެ. ނަމަވެސް އެ މަސައްކަތްތައް ނުކޮށް ދޫކޮށްލާ ވަރަށް ވުރެ އަދި ތިބާ އެ އުމުރުގައި މުސްކުޅިއެއް ނުވާނެއެވެ." – ޓީ. އެސް. އެލިއަޓް
  • "ހަނދާނުގައި ބަހައްޓަންވީ މުހިންމު ކަމަކީ އެންމެ އެކަށީގެންވަނީ ކަންތައްތައް ހަނދާން ނެތޭނެ ކަމެވެ." – ކާކުކަން ނޭނގޭ މީހެއް
  • "އުމުރުން 20 އަހަރުގައި އަހަރެމެން ކަންބޮޑުވީ އެހެން މީހުން އަހަރެމެންނާމެދު ވިސްނާ ގޮތަކާމެދުއެވެ. ނަމަވެސް އަހަރެމެންގެ އުމުރުން 40 ގައި އެ މީހުން އަހަރެމެންނާމެދު ދެކޭ ގޮތާމެދު އަހަރެމެން ފަރުވާލެއް ނުބަހައްޓަމުއެވެ. ދެން އުމުރުން 60 ގައި އަހަރެމެންނަށް އެނގިގެންދިޔައީ ހަގީގަތުގައި އެ މީހުން އަހަރެމެންނާމެދު އެއްވެސް ވަރަކަށް ނުވިސްނާ ކަމެވެ." – އޭން ލޭންޑާސް
  • "އަހަރެމެން މުސްކުޅިއެއް ނުވާނެއެވެ؛ މޭވާއެއް ފަދައިން ދޮންވެ ފައްކާވަނީއެވެ." – ޕަބްލޯ ޕިކާސޯ
  • "އަހަރެންނަށް ފާހަގަ ކުރެވުނީ މީހުން އުމުރުން ދުވަސްވާ ވަރަކަށް އިންޖީލު ކިޔެވުން ގިނަ ކުރާ ކަމެވެ. ދެން އަހަރެންނަށް ރޭކާލީ އާހިރަތް ދުވަހުގެ ފަހު އިމްތިހާނަށް އެ މީހުން އެންމެ ފަހު ވަގުތު އެތައް މައުލޫމާތެއް ޖަމާކުރަނީ ކަމެވެ." – ޖޯޖް ކާލިން
  • "އުމުރުން ދުވަސްވާ ވަރަކަށް ހުރިހާ ކަމެއްގެ ދުވެލި ވެސް މަޑުވެއެވެ. އިސްތިސްނާވަނީ ތިބާގެ އުނގަނޑަށް ކޭކާއި އައިސް ކްރީމްގެ ސަރުބީތައް ޖަމާވާ ހަލުވި މިނެވެ." – ޖޯން ވެގްނާ
  • "ކާފަދަރިން ތިބުމަކުން މުސްކުޅި ކަމަކަށް ފިރިހެނަކަށް އިހުސާސެއް ނުކުރެވޭނެއެވެ. މުސްކުޅިކަން އިހުސާސް ކުރެވޭނީ މި އުޅެނީ މާމައަކާ އިނދެގެންކަން އެނގޭ ހިސާބުންނެވެ." – ޖޭ. ނޯމަން ކޮލީ
  • "ތިބާ އަދިވެސް ފެންނަނީ ވަރަށް ޒުވާންކޮށްކަމަށް ރަހްމަތްތެރިން ތައުރީފުކުރަން ފަށައިފި ނަމަ، އެއީ ތިބާ މުސްކުޅިވަމުންދާ ކަމުގެ ޔަގީން ނިޝާނެކެވެ." – މާކް ޓްވެއިން
  • "ތިބާ މުސްކުޅިވަމުންދާކަން ތިބާއަށް އެނގޭނީ ހުރިހާ އެއްޗެއް ހިކެން ފެށީމާ ނުވަތަ ލީކުވާން ފެށީމައެވެ." – ޖޮއަލް ޕްލަސްކެޓް
  • "އުމުރުން 102 އަހަރުވުމުން ރަނގަޅު އެއް އެޑްވާންޓޭޖެއްވެއެވެ؛ އެއީ ވަކި ގޮތަކަށް ކަންތައްތައް ކުރަން ބާރުއަޅާނެ ރަހްމަތްތެރިންނެއް ނުތިބޭނެއެވެ." – ޑެނިސް ވުލްފްބާގް
  • "އުމުރުން 50 އަހަރުގައި އެ ހުންނަ ޒުވާންކަން ރީތިވާނީ ތިބާގެ އުމުރުން މި ވަގުތު 60 އަހަރު ނަމައެވެ." – ޖޯން ރިވާސް
  • "ވަގުތަކީ ޒަހަމަށް ފަރުވާ ދޭ އެއްޗެއް ކަމަށް ވެދާނެއެވެ؛ ނަމަވެސް އެއީ ސިފަ ރީތިކޮށްދޭ އެއްޗެއް ނޫނެވެ." – ކާކުކަން ނޭނގޭ މީހެއް