Support Us

ކޮލަމް: މީތިނުކިޔާތި

ކުރު ވާހަކަ: މަސައްކަތު މީހާ އާއި ހަރުފަ

މަސައްކަތު މީހެއްގެ ކުޑަ ފިރިހެން ދަރިފުޅު ގައިގައި ހަރުފައެއް ދަތްއެޅިއެވެ. ލިބުނު ޒަހަމުން އެ ކުއްޖާ މަރުވިއެވެ.

ލިބުނު ފުން ހިތާމައެއްގެ ބޮޑު ކަމުން ބައްޕައަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. އައި ރުޅީގައި ކޯރާޑި ހިފައިގެން ގޮސް ހަރުފަ ދިރިއުޅޭ ހޮރު ކައިރީގައި މަޑުކޮށްލިއެވެ. އެ ސޮރު މަރައިލައިނެ ފުރުސަތަކަށް ބަލަބަލައެވެ.

އިސާހިތަކު ހަރުފަ ނުކުމެއްޖެއެވެ.

މަސައްކަތު މީހާ އޭނާގެ ކޯރާޑި ހަރުފައާ ދިމާއަށް އަމާޒުކުރިއެވެ. ނަމަވެސް ޖެހުނީ ނަގުލުގެ ކުރީގައި ކަމުން ނަގުލުގެ ކުޑަ ތަންކޮޅެއް ބުރިވުމުން ހަރުފަ އަލުން ހޮރު ތެރެއަށް ދެމިގަނެގެން ފިލިއެވެ.

ހަރުފަ ނުކުމޭތޯ ކުރެވޭނެ ހުރިހާ މަސައްކަތެއް މަސައްކަތު މީހާ ކުރިއެވެ. އޭނާ އާއި ހަރުފައާ ދެމެދު ވަމުންދާ އަރައިރުން ހުއްޓައިލަން ތައްޔާރަށް ހުރިކަމަށް ދޮގު ވެސް ހެދިއެވެ.

އެކަމަކު ހަރުފަ ބުންޏެވެ: "އަހަރެންނަށް ދެން ދުވަހެއްގެ ކޮޅުން ވެސް ތިބާއާ ރަހްމަތްތެރިކަމެއް ނުބޭއްވޭނެއެވެ. ސަބަބަކީ އަހަރެންގެ ނަގޫ އަހަރެންނަށް ގެއްލުނީމައެވެ. ހަމަ މި މޭރުމުން ތިބާއަށް ވެސް އަހަރެންނާ ރަހްމަތްތެރިކަމެއް ނުބޭއްވޭނެއެވެ. ސަބަބަކީ ތިބާގެ ދަރިފުޅު ތިބާއަށް ގެއްލުނީމައެވެ."

މި ވާހަކައިގެ އިބުރަތްތެރި ފިލާވަޅު: ތިބާއަށް ޒަހަމެއް ދިން ފަރާތެއް ތިބާގެ ގާތުގައިވާހާ ހިނދަކު އެ ޒަހަމެއްގެ މަތިން ދުވަހަކު ވެސް ތިބާ ހަނދާނެއް ނުނެތޭނެއެވެ.

ނޯޓް: މިއީ އީސާ އަލައިހިއްސަލާމްގެ ހަ ގަރުނުގެ ކުރިން ގްރީސްގައި އުޅުނު ކަމަށް ބެލެވޭ، ހައިވާނުންގެ ދިރިއުޅުމުން އިބުރަތްތެރި ވާހަކަތައް ކިޔައިދޭ އީސޮޕްގެ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ.