Support Us

އެއާ އިންޑިއާ ފްލައިޓް މިއަދު ވެއްޓެމުން ދިޔަ މަންޒަރު ނަގާފައިވާ ވީޑިއޯގެ ސްކްރީންޝޮޓްތަކެއް

ވެއްޓުނު އެއާ އިންޑިއާ ފްލައިޓުން އަދި ނެރެވުނީ 30 ހަށިގަނޑު

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނަށް ދާން ނައްޓައިލިތަނާ މިއަދު ވެއްޓުނު އެއާ އިންޑިއާ ފްލައިޓް އޭ.އައި-171 އިން އަދި ނެރެވުނީ 30 ހަށިގަނޑު ކަމަށް ރަސްމީ އިދާރާތަކުން ބުނެފިއެވެ.

"ގިނަ މީހުން ތާށިވެފައިވާކަމުގެ ބިރު ހީވެފައިވޭ،" އޮފިޝަލަކު ބުންޏެވެ.

ބޮއިންގް 787-8 މަރުކާގެ ޑްރީމްލައިނާގައި 242 ފަސިންޖަރުން ތިއްބެވެ. ވެއްޓުނީ އަހްމަދުއާބާދުގެ ސަރްދާރު ވައްލައްބާއި ޕާޓިލް ބައިނަލްއަގުވާމީ ވައިގެ ބަނދަރު ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ.

ނަގާފައިވާ ވީޑިއޯއަކުން ފެންނަނީ މަތިންދާބޯޓު ގެތައް މަތިން ތިރިވަމުން ގޮސް، ގެތައް ބިއްދޮށުން މަންޒަރުން ގެއްލި، ދެން ބޮޑު އަލިފާންގަނޑެއް އުދަރެހުން އަރާ ތަނެވެ.

އެއާ އިންޑިއާ ފްލައިޓް މިއަދު ވެއްޓުނު ސަރަހައްދުން ދުން އަރަނީ

"އަހުމަދުއާބާދުގައި މިއަދު ހިނގި ހިތާމަވެރި ހާދިސާއިން އަހަރެމެން މި ތިބީ ސިހިފައި އަދި ހިތާމަވެރިވެފައި. މިއީ ބަސްތަކަކުން ބުނެދެވޭ ވަރަށްވުރެ ހިތްހަލާކު ވާވަރުގެ ކަމެއް. މި ހިތާމަވެރި ވަގުތުގައި އަހަރެންގެ ހިޔާލުތައް ވަނީ މި ކަމުން އަސަރުކުރި އެންމެނާ އެކުގައި،" އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވިއެވެ.

ލަންޑަންގެ މޭޔަރު ސޯދިގު ހާން ވިދާޅުވީ "އިންޑިއާއިން ލިބުނު ހަބަރަކީ ފުން ހިތާމައެއް ގެނުވި ހަބަރެއް" ކަމަށެވެ.

"އަހަރެންގެ ހިޔާލުތައް ވަނީ ފްލައިޓްގައި ތިބި މީހުންގެ އާއިލާތަކާއި ރަހްމަތްތެރިންނާ އެކުގައި. މި ކަމުގެ ހިތާމަވެރިކަން އަހަރެންނަށް ހަމައެކަނި ހިޔާލަށް ގެނެވޭނީ،" އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ މަދަނީ އުދުހުންތަކާ ބެހޭ ޑިރެކްޓަރޭޓް ޖެނެރަލް މިހާރު ވަނީ ރަސްމީ ތަހުގީގެއް ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *