ތުރުކީގެ ރައީސް ތުރުގުތު އޮޒާލް، ދިޖުލަތު ކޯރުގެ ފެން ޢިރާޤަށް ނުދާނޭހެން ބަންދުކުރިއެވެ. އެހިނދު، ސަފާރަތީ ނުވަތަ ޑިޕްލޮމެޓިކް ގުޅުންތަކުގެ ތެރެއިން، އެންމެ ފުރަތަމަ ތުރުކީއާ ވާހަކަދައްކައި، ދިޖުލަތު ކޯރުގެ ފެން ޢިރާޤަށް ދޫކުރުމަށް ޢިރާޤުގެ ރައީސް ސައްދާމް ހުސެއިން، އިލްތިމާސް ކުރެއްވިއެވެ. ނަމަވެސް ތުރުކީ ސަރުކާރުން ފެން ދޫނުކޮށް ދިޖުލަތު ކޯރުގައި ޑޭމެއް ބިނާކުރުމަށް ނިންމުމުން، ރައީސް ސައްދާމް ހުސެއިން ޢިރާޤާ ވީ ފަޅިން ދިޖުލަތު ކޯރުގެ އައްސޭރިއަށް ވަޑައިގެން އިށީނދެވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނު ހިއްޕަވާ ކިއުބާގެ ސުއްޓާއެއް ނަންގަވައި ރޯކޮށްލައްވައިގެން، ސުއްޓާ ހިއްޕަވަމުން، ދެން އެ ފޮނުއްވެވީ ތުރުކީގެ ރައީސަށް މެސެޖެކެވެ.
"އަހުރެންގެ ސުއްޓާ ހުސްވުމުގެ ކުރިން ދިޖުލަތު ކޯރުގެ ފެން ދޫނުކޮށްފިނަމަ، އަހުރެންގެ ކުރޫޒު މިސައިލްތައް މިސްރާބު ޖަހާނީ ތުރުކީގެ ވެރިރަށް އިސްތަންބޫލަށެވެ."
ދެން މުޅި ދުނިޔޭގެ އެންމެންގެ ލޯތަކަށް ފެނުނީ އެއް މަންޒަރެކެވެ. ޞައްދާމު ޙުސެއިން ދިޖުލަތު ކޯރުގެ އައްސޭރީގައި ހަމަ އެ އިންނެވިތާ ސުއްޓާ ހިއްޕަވަން އިންނެވިއެވެ. ކޮންމެއަކަސް، ސުއްޓާ ހުސްވުމުގެ ކުރިން ދިޖުލަތު ކޯރުގެ ފެންގަނޑު، ބާރު އޮއިވަރާއެކު އިރާޤާއިވީ ފަޅިއަށް ދެމެން ފެށިތަން ފެނިގެން ދިޔައެވެ.
އާރާއި ބާރުހުރި، ހިތްވަރުގަދަ މީހުންނަކީ، އެހެން މީހުން ކުށްވެރި ކޮށްލަކޮށްލާ ކުޅިބަލަން ތިބޭ ބައެއް ނޫނެވެ. އެމީހުންނަކީ ޢަމަލުން، އެމީހުންގެ ހިތްވަރާއި ސާބިތުކަން މުޅި ދުނިޔެއަށް ދައްކާ މީހުންނެވެ.
މިއަދުވެސް ޞައްދާމު ޙުސެއިން ދުނިޔޭގައި ހުންނެވި ނަމަ، އިޒްރޭލަކަށް ހިތުހުރި ގޮތަކަށް ފަލަސްޠީނުގެ މުސްލިމުންނަށް އަނިޔާއެއް ނުކުރެވޭނެއެވެ.
