Support Us

ސައޫދީ އިމިގްރޭޝަނުން ހައްޖާޖީންނަށް އެހީތެރިވަނީ

ސައުދީން ވިސާ ހަރުކަށިކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޕާކިސްތާން، ބަނގްލަދޭޝް

ސައުދީ އަރަބިއްޔާއިން ދޭ އެއް އަހަރު ދުވަހުގެ ވިސާ ނުދޭން ނިންމި 14 ގައުމެއްގެ ތެރޭގައި ރާއްޖެއާ ކައިރީގައި އޮންނަ ދެކުނު އޭޝިއާ ސަރަހައްދުގެ ތިން ގައުމުކަމަށްވާ އިންޑިއާ، ޕާކިސްތާން އަދި ބަނގްލަދޭޝް ހިމަނައިފިއެވެ.

މި މަހު އެކަކުން ތަންފީޒުކުރަން ފެށި ވިސާ ސިޔާސަތުގެ ދަށުން މީގެ ފަހުން މި ގައުމުތަކަށް ދޭނީ "ސިންގަލް އެންޓްރީ ވިސާ"އެކެވެ. މާނައަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ސައުދީ އަރަބިއްޔާއަށް ވަދެވޭނީ އެއް ފަހަރުއެވެ. އަދި އެއީ ގިނަވެގެން އެންމެ 30 ދުވަހަށެވެ.

ކުރިން އޮތް ސިޔާސަތުގެ ދަށުން އެއް އަހަރުގެ ތެރޭގައި ވަކި ހައްދެއް ނެތި ސައުދީ އަރަބިއްޔާއަށް ވަދެ ނިކުމެވެއެވެ. އެއީ ފަތުރުވެރިކަމާއި ވިޔަފާރި އާއި އާއިލާއަށް ޒިޔާރަތް ކުރުމަށެވެ.

"މި އާ ސިޔާސަތަކީ ދިގު މުއްދަތުގެ ވިސާ ނަގައިގެން ހުއްދަ ނެތި ހައްޖުގެ އަޅުކަންކުރުން ހުއްޓުވުމަށް އެޅި ފިޔަވަޅެއް،" ޑެއިލީ ޓްރަސްޓުން ރިޕޯޓްކުރިއެވެ.

އެއް އަހަރު ދުވަހުގެ ވިސާ ނުދޭ އިތުރު ގައުމުތަކުގެ ތެރޭގައި ދެން ހިމެނެނީ އަލްޖަޒާއިރު، މިސްރު، އިތިއޯޕިއާ، އިންޑޮނޭޝިއާ، އިރާގު، އުރުދުން، މަޣްރިބު ކަރަ، ނައިޖީރިއާ، ސޫދާން، ތޫނިސް އަދި ޔަމަންއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *