Support Us

ލޮސް އެންޖަލިސް އަލިފާނުގައި ގެ އެނދި އާއިލާއަކުން ހިތާމަކުރަނީ

ގްރެމީ، ފަޔާއެއިޑުން ލޮސް އެންޖަލިސް އާރާސްތުކުރުމަށް ލިބުނު ފައިސާ މާ މަދު

މިއުޒިކް ސިނާއަތުގައި ދޭ އެންމެ މަޝްހޫރު އިނާމު ގްރެމީ އާއި ފަޔާއެއިޑް ކޮންސެޓުން ލޮސް އެންޖަލިސް އާރާސްތު ކުރުމަށް ލިބުނު ފައިސާ މާ މަދުކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެފިއެވެ.

މިހާތަނަށް 29 މީހުން މަރުވެ 22 މީހުން ގެއްލިފައިވާ އަލިފާނުގެ ކާރިސާގައި ގްރެމީ ހަފުލާއިން ލިބުނީ އެންމެ ހަތް މިލިއަން ޑޮލަރު (107 މިލިއަން ރުފިޔާ)އެވެ. އަދި ފަޔާއެއިޑުން ލިބުނީ 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ)އެވެ. ލޮސް އެންޖަލިސް ސިޓީ ހިމެނޭ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓް ސަރުކާރުން ބުނީ މި ދިޔަ މަހު ހަތެއްގައި ފެތުރެން ފެށި އަލިފާނުގެ ސަބަބުން ލޮސް އެންޖަލިސް އާރާސްތުކުރަން 250 ބިލިއަން ޑޮލަރު (3،852 ބިލިއަން ރުފިޔާ) ބޭނުންވާ ކަމަށެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ލޮސް އެންޖަލިސް އާރާސްތުކުރަން ބޭނުންވާ ހުރިހާ އެހީއެއް މައި ސަރުކާރުން ދޭނެ ކަމަށެވެ.

ލޮސް އެންޖަލިސްގެ މޫސުން މި ހަފުތާއަށް ލަފާކޮށްފައިވާ ގޮތުން ދައްކަނީ މާދަމާ އާއި ހުކުރު ދުވަހު ބޯކޯ ވާރޭ ވެހޭނެ ކަމަށެވެ.

"އަނދައިފައިވާ ސަރަހައްދުތަކަށް ވާރޭ ވެހުމުން ފެންބޮޑުވުން އެކަށީގެންވޭ،" އޮފިޝަލަކު ބުންޏެވެ.

ކަމާ ބެހޭ އިދާރާތަކުން ބުނީ ކިސަޑު ފޭބުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވެސް ކުރިމަތިވުން އެކަށީގެންވާ ކަމަށެވެ.

ލޮސް އެންޖަލިސްގެ ޖަންގަލިތަކުގައި ރޯވީ ހަނަފަސްވުމުން ކަމަށް ސައިންސްވެރިން ބުނެއެވެ. ނަމަވެސް ގަސްދުގައި ބަޔަކު ގަސްގަހާގެހީގައި ހުޅުޖެހީތޯ ވެސް ތަހުގީގު ކުރަމުން އެބަގެންދެއެވެ.

ކެލިފޯނިއާ ސްޓޭޓަކީ ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދެވެ. ޓެކްނޮލޮޖީ އާއި ފިލްމް އިންޑަސްޓްރީ އަދި ތަފާތު އެހެން ސިނާއަތްތައް އޮންނަ ކެލިފޯނިއާ ސްޓޭޓްގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) 2022 ގައި ހުރީ 3.9 ޓްރިލިއަން ޑޮލަރު (60 މިލިއަން މިލިއަން ރުފިޔާ)ގައެވެ. އަދި އިގުތިސާދީ ކުރިއެރުން ހުރީ 6.1 ޕަސެންޓްގައެވެ. މީގެ މާނައަކީ ކެލިފޯނިއާއަކީ ވަކި ގައުމެއް ނަމަ އެ ސްޓޭޓްގެ އިގުތިސާދު އިނގިރޭސި ވިލާތް، އިންޑިއާ، ފްރާންސް އަދި ބްރެޒިލްއަށް ވުރެވެސް ބޮޑުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *